ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝިޔާމްގެ ރައްދު އުމަރުއަށް: އަމިއްލަ އެދުމެއް ނެތް މީހަކަށް އިނގޭނެ މިގައުމަށް ބޭނުންވަނީ ރައީސް ޔާމިންގެ ފިކުރުކަން!

ޝެއާރކޮށްލާ ކަހަލަދޯ؟

މިގައުމަށް ބޭނުންވަނީ ރައީސް އަބްދުﷲ ޔާމިންގެ ފިކުރުކަން، އަމިއްލަ އެދުމެއް ނެތި ވިސްނާ ބަޔަކަށް އިނގޭނެ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވދާޅުވެއްޖެއެވެ.

ޝިޔާމް މިފަދައިން ވިދާޅުވީ އިދިކޮޅުގެ ކޮޅު ބެދިފައި ކަމަށާ މިހާރު އޮތް ހާލަތު ބަދަލު ކުރެވޭނީ އާވި ސްނުމެއް ނެރެގެން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވުމާއި ގުޅިގެން އެކަމަށް ރައްދުދެއްވާ ކުރެއްވި ޓުވީޓެއްގައެވެ.

ޝީޔާމް ވިދާޅުވީ ޤައުމު މިހާރު ދަތުރުކުރަމުން މިދާ މިސްރާބާއި ދޭތެރޭ އަމިއްލަ އެދުމެއް ނެތި ވިސްނާ ފިކުރު ކުރާ ފަރާތްތަކަށް، މިގައުމަށް ބޭނުންވަނީ ރައީސް ޔާމިންގެ ފިކުރުކަން ޝައްކެއް ނެތް މިންވަރަށް ޔަގީންވާނެ ކަމަށެވެ. އަދި އިދިކޮޅުގައި އެހެން އިތުރު ފިކުރެއް ނެތް ކަމަށް ޝިޔާމް ވިދާޅުވިއެވެ.

https://twitter.com/Shiyamaldives/status/1210516114817441792

އިދިކޮޅުގެ ފިކުޔރާއި ގުޅިގެން އުމަރު ޓުވީޓުކުރެއްވީ ”ރައީސް ޔާމީން މިނިވަންވާނެ ކަމަށް ނުދެކޭ ކަމަށާ މިއަދު އިދިކޮޅަށް ދާނެ މަގެއް ނެތް“ ކަމަށް ވިދާޅުވެ ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ދެއްކެވި ވާހަކަފުޅަކާއި ގުޅޭގޮތުންނެވެ. މިއީ އެމްޑީޕީ އުފާކުރާނެ ހާލަތެއް ކަމަށާއި މި ހާލަތު ބަދަލު ކުރެވޭނީ އެހެން ވިސްނުމެއް ނެރެގެން ކަމަށ ްއުމަރު ވިދާޅުވިއެވެ.

އިދިކޮޅަށް ފާޑު ވިދާޅުވެ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު، އަލީ އާޒިމް ވިދާޅުވީ އިދިކޮޅ ސަޕޯޓަރުން މަދުވަމުންގޮސް ރައީސް ޔާމީންގެ ދިފާޢުގައި މިހާރު ފެންނަނީ އުމުރުން ދުވަސްވީ ދެ މީހަކާއި ތާޅަފިއްޔެއްގެ އިތުރުން ޓީވީ ޗެނަލަކަށް އަރާ މީހަކު ވާހަކަ ދައްކާލާތަން ކަމަށެވެ.

މަނީ ލޯންޑަރ ކުރިކަމަށް ސާބިތުވެ ކުރީގެ ރައީސް ޔާމިން 5 އަހަރުގެ ޖަލުހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާއިރު މިއަދު އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ބާރު ކެނޑި ހަރަކާތްތަށް ވަޅޯވެފައިވާ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: