ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލެ ފުރިއްޖެކަން ގަބޫލު ކުރަން ވެއްޖެ: އަލީ ހުސެން

ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެން: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ވެރިކަން ކުރާ ވެރިރަށް މާލެ ސިޓީގެ ކުލީގެ މައްސަލައަށް ހައްލެއް ލިބިގެން ދާނީ މާލެ ފުރި ބަންޑުން ވެއްޖެކަން ގަބޫލު ކޮށްގެން ކަމަށް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެން ވިދާޅުވެއްޖެއެވެ. 

މާލޭގެ ކުލީގެ މައްސަލައަށް ހައްލު ހޯދުމަށް މާލޭ ޓެނަންޓްސް ޔޫނިއަން (އެމްޓީޔޫ)ގެ ނަމުގައި ޖަމިއްޔާއެއް އުފައްދާފައިވާއިރު ކުލި ކޮންޓްރޯލް ކުރަން ގޮވާލާ ޕެޓިޝަނެއްގައި ސޮއި ކުރަން އިއްޔެ ވަނީ ފަށާފައެވެ.

އެ ޕެޓިޝަނަކީ މާލޭގައި ދިރިއުޅުމަށް ކުއްޔަށް ދޫކުރާ ތަންތަނުގެ ކުލި ގާނޫނަކުން ކޮންޓްރޯލް ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ޕެޓިޝަނެކެވެ.

މާލޭގެ ކުލީގެ މައްސަލާގައި އަލީ ހުސެއިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާލޭގެ ކުލީގެ މައްސަލަަ ހައްލުވާނީ މާލޭގައި ދިރިއުޅެން މަޖުބޫރުވެފައިވާވުން ކުަޑަކުރުމާއެކު މާލޭގެ ގެދޮރަށް އޮތް ޑިމާންޑު ދައްވާނޭ ގޮތް ހެދުމުން ކަމަށެވެ.

ހަމައެހެންމެ  މާލެއަށް ތޮއްޖެހުން އިތުުރުވާނެ ޕްރޮޖެކްޓް ތައް އެހެން ސަރަހައްދަކަށް ގެންދިޔުން ވެސް މުހިއްމު ކަމަށާއި މާލެ ފުރި ބަންޑުން ވެެއްޖެ ކަމަށް ގަބޫލުކުރުމަކީ ވެސް ކުލީގެ މައްސަލަ ހައްލުކުރުމަށް ކުރަންޖެހޭ ކަމެއް ކަމަށް އަލީ ހުސެއިން ވިދާޅުވިއެވެ.

https://twitter.com/AleeVoice/status/1210602407719079938?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1210602407719079938&ref_url=https%3A%2F%2Fwww.addulive.com%2F171456

އާބާދީގެ ތިން ބައިކުޅަ އެއްބައި ދިރިއުޅޭ ވެރިރަށް މާލޭގެ ކުލި ވަނީ އިންތިހާއަށް މަތިވެފައެވެ. އެގޮތުން، ކުއްޔަށް ހައްލެގެ ނަމުގައި ސޯޝަލް މީޑިއާގައި ކެމްޕެއިނެއް ވެސް ކުރިޔަށް ގެންގޮސްފައި ވެއެވެ.

އެއް ކޮޓަރީގެ އެޕާޓްމެންޓެއްގެ އަގު 12،000 އިން މައްޗަށް އަރާއިރު 3 ކޮޓަރީގެ އެޕާޓްމެންޓެއްގެ ކުއްޔަށް ދޫކުރަނީ ތިން މަހުގެ އެޑްވާންސް އާއި އެކު 25،000 އާއި 30،000 އާއި ދެމެދުގެ އަގަކަށެވެ. އެއީ ގޭގެ ކުޑަމިނާއި ބޮޑު މިނަށް ބެލުމަށްފަހުއެެވެ.

ކުލި ކޮންޓްރޯލް ކުރަން އެދި މަޖިލީހަށް ޕެޓިޝަނެއް ހުށަހެޅުމުގެ މަސައްކަތް ފަށާފައިވަނީ މާލޭ ޓެނަންޓްސް ޔޫނިއަން (އެމްޓީޔޫ) ގެ ނަމުގައި އުފެއްދާފައި ވާ ޖަމިއްޔާއަކުންނެވެ. މި ޖަމިއްޔާއަކީ މާލޭގައި ކުއްޔަށް ދިރިއުޅޭ މީހުން ތަމްސީލު ކުރާ ޖަމިއްޔާއެކެވެ.

ޕެޓިޝަންގައި ސޮއި ކުރުމާއި ގުޅޭގޮތުން އެމްޓީޔޫއިން ބުނެފައިވަނީ އެ ޖަމިއްޔާއިން މަސައްކަތް ކުރަނީ ވީހާ ވެސް ގިނަ ސޮޔާއެކު މަޖިލީހަށް ލިޔެކިޔުންތައް ހުށަހެޅުމަށް ކަމަށެވެ.

މާލޭގެ އެކި ސަރަހައްދުތަކުގައި ސޮއި ކުރުން ކުރިޔަށް ގެންދިއުމަށްފަހު ކުރިއަށް އޮތް ތަނުގައި ދޮރުން ދޮރަށް ހިނގައިގެން ވެސް ޕެޓިޝަނަށް ސޮއި އިތުރު ކުރުމުގެ މަސައްކަތް ކުރާނެ ކަމަށް އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: