ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް އޮފީހުގެ ތަރުޖަމާނު ޖުޑިޝަރީ މިނިވަންވިކަމުގެ ސެޓްފިކެޓް ދެއްވި ގޮތެއް ނޭނގެ: ޑރ ޖަމީލް

ކުރީގެ ނައިބް ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުއީ ދާއިރާ އިސްލާހުކުރަން ސަރުކާރުން ވެފައިވާ ވައުދު ފުއްދުމުގައި ކާމިޔާބީތަކެއް ހާސިލް ކުރެވިއްޖެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް ހޫދު މިއަދު ވިދާޅުވެފައި ވާތީ އެކަމަށް ކުރީގެ ނައިބް ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު ފާޑުވިދާޅުވެއްޖެއެވެ. 

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޫދު ވިދާޅުވީ ވޭތުވެދިޔަ ހަތް އަހަރުގެ ތެރޭގައި ރާއްޖޭގެ ކޯޓްތައް އޮތީ ސިޔާސީ ވެފައި ކަމަށާއި ކޯޓުތަކުން ކޮށްފައި ވަނީ ވެސް ސިޔާސީ މަސައްކަތްތަކެއް ކަމަށެވެ.

އެކަމަކު މި ސަރުކާރާ އެކު ކޯޓުތަކާއި މިނިވަން މުއައްސަސާތަކަށް މިނިވަންކަން މަތީ މަސައްކަތް ކުރުމުގެ ފުރުސަތު ދީފައިވާ ކަމަށް ވިދާޅުވި އެވެ.

ހޫދުގެ މިވާހަތަކަސް ރަްދު ދެއްވައި ޑރ ޖަމީލް ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ރައީސް އޮފީހުގެ ތަރުޖަމާނު ޖުޑިޝަރީ މިނިވަންވިކަމުގެ ސެޓްފިކެޓް ދެއްވި ގޮތެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ. ރައީސް ނަޝީދާއި އެމްޑީޕީގެ ވަކީލުންގެ ޓީމް ޖޭއެސްސީގައި ތިއްބެވިއިރު މަޖިލީހުގެ  ޖުޑިޝަރީ ކޮމިޓީގައި އެމްޑީޕީގެ ވަކީލުން ތިއްބެވިކަން ޑރ ޖަމީލް ފާހަގަ ކުރެއްވިއެވެ. އަދި  ފަނޑިޔާރުން އެމްޑީޕީގެ ރައީސާއި ވަކީލުންގެ ނުފޫޒުގެ ދަށުވެފައިވާ ކަމަށް ޑރ ޖަމީލް ވިދާޅުވިއެވެ. 

https://twitter.com/MJameelAhmed/status/1210832806051344386

ޖަމީލްގެ ފާޑުވިދާޅުވުން ސަރުކާރަށް އަމާޒުވެގެން ދިޔައިރު ސުޕްރީމް ކޯޓުގެ ބެންޗް މިހާރު ވަނީ ބަދަލުކޮށްފަ އެވެ. އެކަމަކު ޝަރުއީ ދާއިރާގެ މިނިވަންކަމާ އެންމެ ބޮޑަށް ގުޅިފައިވާ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަދި ވެސް އޮތީ ސިޔާސީ ނުފޫޒު ފޯރާ ގޮތަށެވެ.

ހޫދު ވިދާޅުވި ގޮތުގައި މިއީ ރާއްޖެއަށް ސިޔާސީ ހަމަޖެހުން ވެސް ގާއިމްވި އަހަރެކެވެ. އޭނާ ސިފަކުރެއްވި ގޮތުގައި ރާއްޖެއަކީ މިހާރު ”މުއައްސަސާތައް މިނިވަންކަންމަތީ ހިނގުމުގެ ފުރުސަތު“ އޮތް އަދި ޑިމޮކްރެޓިކް ވެރިކަމެއް ކުރާ ގައުމެކެވެ.

އެކި ފަރާތްތަކަށް މާލީ ބޮޑެތި ބަދަލު ދޭއިރު ދެ ފުށް ނުފެންނަ ގޮތަށް އަމަލުނުކުރަނީ ކީއްވެގެންތޯ ”މިހާރު“ އިން ސުވާލު ކުރުމުން ހޫދު ވިދާޅުވީ އެކަމުގައި އަމަލުކުރައްވަނީ ދައުލަތަށް އެންމެ ލުއިވާނެ ގޮތަށް ކަމަށެވެ. ”އެ ކުންފުނިތަކަށް އިންސާފު ހޯދައި ދިނުމަކީ ސަރުކާރުގެ ވައުދެއް“ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: