ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުލައިޓުތައް މެދުކަނޑެންޑުމާއި ގުޅިގެން 1400އަށް ވުރެ ގިނަ ފަސިންޖަރުންނަށް ދަނީ ހިދުމަތް ދެމުން: ޓޫރިޒަމް މިނިސްޓްރީ

ޝެއާރކޮށްލާ ކަހަލަދޯ؟

މެދުއިރުމަތީގެ ގައުމުތަކުގެ ވައިގެ ސަރަހައްދު ބަންދުކުރުމާ ގުޅިގެން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރަން ގޮސް ތިބި 1،400 އެއްހާ ޓޫރިސްޓުން ތާށިވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވެއްޖެ އެވެ.

މި ހާލަތު މެދުވެރިވީ އިޒްރޭލާއި އެމެރިކާއިން އިރާނަށް ހަމަލާދީ، އިރާނުން އޭގެ ރައްދު ދިނުމާ ގުޅިގެން މަސްލަހަތު ގޯސްވުމުގެ ސަބަބުންނެވެ.

މި ހާދިސާއާ ގުޅިގެން ޖުމްލަ އަށް ފްލައިޓެއް ކެންސަލްވެފައިވާއިރު، އެއާޕޯޓުގައި ތާށިވި ޓޫރިސްޓުން ތިބުމަށްޓަކައި ކުރީގެ ޑޮމެސްޓިކް ޓާމިނަލް މިހާރު ވަނީ ހަމަޖައްސާފަ އެވެ. ގިނަ ޓޫރިސްޓުން އެދެމުންދަނީ އެމީހުން ކުރިން ތިބި ރިސޯޓުތަކަށް ނުވަތަ ގެސްޓުހައުސްތަކަށް ދެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި އެ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ.

މީގެ އިތުރުން، ރާއްޖެއަށް އެންމެ ގިނައިން މީހުން އުފުލާ އެމިރޭޓްސް، ގަތަރު އެއާވޭސް އަދި ފްލައި ޑުބާއީ ފަދަ އެއާލައިންތަކުގެ ދަތުރުތައް ވަނީ މެދުކަނޑާލާފަ އެވެ. މީގެ ސަބަބުން ރާއްޖެއަށް އަންނަން އުޅުނު ޓޫރިސްޓުންނާއި، ރާއްޖެއިން ބޭރަށް ދަތުރުކުރި ބައެއް ދިވެހިން ވެސް މެދުއިރުމަތީގެ އެކި އެއާޕޯޓުތަކުގައި ވަނީ ތާށިވެފަ އެވެ.

ޓޫރިޒަމް މިނިސްޓްރީ އާއި އެމްއޭސީއެލް އިން ވަނީ ފްލައިޓުތަކުގެ ތަފްސީލު ކަށަވަރު ކުރުމަށް ފަހު ނޫނީ އެއާޕޯޓަށް ނުދިއުމަށް އިލްތިމާސްކޮށްފަ އެވެ. ސަރުކާރުން ދަނީ މި ހާލަތު ވަރަށް ގާތުން ބަލަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: