ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދުބާއީގެ ހޮޓަލެއްގައި ރޯވެ ބައެއް މީހުންނަށް އަނިޔާވެއްޖެ

ޔުނައިޓެޑް އެރަބް އެމިރޭޓްސްގެ ދުބާއީގައި ހުންނަ ޕާމް ޖުމެއިރާ ސަރަހައްދުގެ ހޮޓަލަކަށް އީރާނުގެ މިސައިލެއް އެރުމުގެ ސަބަބުން ހަތަރު މީހަކަށް އަނިޔާވެފައިވޭ: ފޮޓޯ ފޮކްސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދުބާއީގެ މަޝްހޫރު ޕާމް ޖުމެއިރާ ސަރަހައްދުގައި ހުރި ހޮޓަލެއްގައި ބާރުގަދަ ގޮވުމަކާއެކު ރޯވި އަލިފާނުގެ ހާދިސާއެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ. މި ހާދިސާ ހިނގާފައިވަނީ މެދުއިރުމަތީގައި އީރާނުން ދެމުންދާ ބަދަލުހިފުމުގެ ހަމަލާތަކުގެ ތެރެއިންނެވެ.

ދުބާއީ ސަރުކާރުގެ މީޑިއާ އޮފީހާ ހަވާލާދީ ”ފޮކްސްނިއުސް“އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ހާދިސާ ހިނގި ސަރަހައްދު މިހާރު އޮތީ ރައްކާތެރިކުރެވިފައެވެ، އަދި އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވާ ކަމަށް ވެސް ވަނީ ބުނެފައެވެ.

”އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަކީ އަޅުގަނޑުމެން އެންމެ އިސްކަންދޭ ކަންތައް. ރަސްމީ މަސްދަރުތަކުން ލިބޭ މައުލޫމާތަށް އިތުބާރު ކުރުމަށާއި، ސޯޝަލް މީޑިއާގައި ވީޑިއޯ އާއި ފޮޓޯ ފެތުރުމުން ދުރުހެލިވުމަށް އިލްތިމާސްކުރަން“ ކަމަށް އެ އޮފީހުން އެކްސްގައި ބުނެފައިވާ ކަމަށް ރިޕޯޓްކޮށްފައިވެއެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސީދާ ސަބަބެއް ދުބާއީގެ ކަމާބެހޭ ފަރާތްތަކުން ތަފްސީލުކޮށް ހާމަކޮށްފައި ނުވި ނަމަވެސް، ރިޕޯޓްތައް ބުނާ ގޮތުގައި މިއީ އެމެރިކާއިން އީރާނާ ދެކޮޅަށް ހިންގި ’އޮޕަރޭޝަން އެޕިކް ފިއުރީ‘ އަށް ރައްދު ދިނުމުގެ ގޮތުން އީރާނުން ފޮނުވާލި ހަމަލާއެއް ޔޫއޭއީގެ އަސްކަރިއްޔާއިން ހުއްޓުވި ވަގުތު ހިނގި ހާދިސާއެކެވެ.

އީރާނުން އެމެރިކާ އާއި އިސްރާއީލުގެ މަސްލަހަތު އޮންނަ ތަންތަނަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ އަސަރު މެދުއިރުމަތީގެ އެހެން ގައުމުތަކަށްވެސް ދަނީ ކުރަމުންނެވެ. އެގޮތުން އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހުންނަ ބަހްރޭން، ގަތަރު، ކުވެއިތު އަދި އުރުދުން ފަދަ ގައުމުތަކުންވެސް ގޮވުންތަކުގެ އަޑު އިވިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ގަލްފުގެ ގައުމުތަކުން ވަނީ އީރާނުން އެ ގައުމުތަކުގެ ސަރަހައްދުތަކަށް ދެމުންދާ ހަމަލާތައް ކުށްވެރިކޮށްފައެވެ. ގަތަރުގެ ފޮރިން މިނިސްޓްރީން ބުނެފައިވަނީ އަމިއްލަ ނަފްސު ދިފާއުކުރުމުގެ ފުރިހަމަ ހައްގު އެ ގައުމަށް ލިބިގެންވާ ކަމަށެވެ. އަދި ސައުދީ އަރަބިއްޔާއިން ވަނީ ގައުމުތަކުގެ ސިޔާދަތަށް އަރައިގަތުމުގެ ސަބަބުން ނުކުމެދާނެ ނުރައްކާތެރި ނަތީޖާއަކަށް އިންޒާރު ދީފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: