ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރު ތެރޭގައި ގޭންގް ހަދައިގެން ކޮރަޕްޝަން ހިންގާ ގްރޫޕެއް އެބައޮތް: ޑރ ޖަމީލް

ކުރީގެ ނައިބް ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރު ތެރޭގައި ގޭންގް ހަދައިގެން ކޮރަޕްޝަން ހިންގާ ގްރޫޕެއް އެބައޮތް ކަމަށް ކުރީގެ ނައިބް ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ. 

ޑޜ ޖަމީލް ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ބަދަލް ދިނުމުގެ ނަމުގައި ކޮރަޕްޝަންގެ ދޮރު ހުޅުވާލާފައި. ދަޢްލަތުގެ މުދަލުން ޕާޓީއަށް ކެމްޕެއިން ކޮށްދިނީ އެންމެ އިސްފަރާތުން ކަމަށެވެ. އަދި ޓްރާންސްޕޭރެންސީއެއް ނެތި މަޝްރޫޢްތައް ދިނުން ވަނީ ސިޔާސަތަކަށް ހަދާފައިވާ ކަމަށް ޑރ ޖަމީލް ވިދާޅުވިއެވެ. 

މީގެއިތުރުން ޑރ ޖަމީލް ވިދާޅުވީ މިނިވަން ކޮމިޝަންތަކުގެ ވެރިން ކުރިންވެސް ހަރަކާތްތެރިވި ގޮތަށް ސިޔާސީ އެކްޓިވިސްޓުންނަށް ވެފައިވާ ކަމަށެވެ. އަދި ޖުޑިޝަރީގައި ބަދަލުވީ ހަމައެކަނި މޫނުތައް. ކަމަށާއި  ދައުލަތުގެ ވެރިޔަކީ ކާކުކަން ނޭނގޭ ހިސާބަށް ކަންކަން ހިނގައްޖެ ކަމަށް ޑރ ޖަމީލް ވިދާޅުވިއެވެ. 

ޑރ ޖަމީލް ވިދާޅުވީ ސަރުކާރުގެ އެކިއެކި ވުޒާރާތަކަށް ރައްޔިތިން ފޮނުވާ ސިޓިއަކަށް ޖަވާބު ނުލިބި ރައްޔިތު މީހާ ދާއިމީ އިންތިޒާރެއްގައި ހުންނަންޖެހިފައިވާ ކަމަށެވެ. އެތައް ކޮމިޝަންތަކެއް، ކޮމިޓިތަކެއް އުފެއްދިޔަސް ޚިދުމަތް ފެއިލްވެފައިވާ ކަމަށާއި ޙައްޤުތައް ކަށަވަރުކޮށްދޭންވީ ކަމަށާއި އަދި  ވަޢްދުވީ ބިލާހަކަށް. ކަމަށް ޖަމީލް ވިދާޅުވިއެވެ. އަދި  ޚިޔާލް ފާޅުކޮށްފިނަމަ އަދިވެސް ވަޒީފާ ގެއްލޭ ކަމަށް ޑރ ޖަމީލް ވިދާޅުވިއެވެ. 

މީގެއިތުރުން ޑރ ޖަމީލް ވިދާޅުވީ މިއީ މިހާތަނަށް ވުޖޫދުވި އެންމެ ނާޤާބިލް ވެރިކަނ ކަމަށާއި  ކުޑަ ޤައުމަކަށް ކުޅަދާނަ ނުވާ ވަރަށް ސިޔާސީ މަޤާމްތައް އިތުރުކޮށް ބަޖެޓަށްވުރެ އެތައް ގުނައެއް އިތުރަށް ޚަރަދުކުރުމަކީ މައްސަލައެއް ކަމަކަށް ނުދެކޭ ކަމަށާއި ހިންގުމުގެ އެއްވެސް ތަޖުރިބާއެއް މި ސަރުކާރުގައި ނެތް ކަމަށް ޑރ ޖަމީލް ވިދާޅުވިއެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: