ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

8 ރަށެއްގެ މަގުހެދުމުގެ މަސައްކަތް ފަށައިފި

ގދ. ގައްދޫ އަދި ތ. ތިމަރަފުށީ މަގު ހެދުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަނާ ހަވާލުކުރުން -- ފޮޓޯ: ޕްލޭނިންގ މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ހަ ރަށެއްގެ މަގު ހެދުމުގެ މަސައްކަތް ކުރުމަށް ބޭނުންވާ އީއައިއޭ ހެދުމަށާއި އިތުރު ދެ ރަށެއްގެ މަގު ހެދުމަށް ބަޔަކާއި ހަވާލުކޮށްފިއެވެ.

މިއަދު ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ދެ ރަށެއްގެ މަގި ހެދުމަށް ހަވާލުކޮށްފައިވަނީ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަންއާއެވެ.

އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަނުގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކުއެވެ. އެއްބސްވުމުގެ ދަށުން މަގު ހެދުމަށް ހަމަޖެހިފައިވަނީ ގދ. ގައްދޫ އަދި ތ. ތިމަރަފުށީގައެވެ.

ގައްދޫ މަގުހެދުމުގެ މަސައްކަތުގެ ކޮންޓްރެކްޓު އަގަކީ 138.7 މިލިއަން ރުފިޔާއެވެ. މި މަސައްކަތުގެ ދަށުން އެރަށުގެ ހަ މަގެއްގައި ތާރު އަޅައި ރަނގަޅު ފެންވަރަކަށް ހަދާނެއެވެ. އެ ރަށުގައި ހަ ކިލޯމީޓަރުގެ މަގު ހަދަން ހަވާލުކޮށްފައިވަނީ 510 ދުވަހުގެ ތެރޭ ނިންމާ ގޮތަށެވެ.

ތިމަރަފުށީ މަގު ހެދުމުގެ ކޮންޓްރެކްޓު އަގަކީ 75.7 މިލިއަން ރުފިޔާ އެވެ. މި އެއްބަސްވުމުގެ ދަށުން އެ ރަށުގައި ހަތަރު ކިލޯ މީޓަރު މަގުގައި ތާރު އަޅާނެއެވެ. އެގޮތުން އެރަށުގެ އަށް މަގެއްގައި ތާރު އަޅައި ރަނގަޅު ފެންވަރަކަށް ހަދާނެ އެވެ. މި މަސައްކަތް ނިންމުމަށް ހަވާލުކޮށްފައިވަނީ 365 ދުވަހުގެ ތެރޭގައެވެ.

ހަ ރަށެއްގެ މަގު ހެދުމުގެ މަސައްކަތް ކުރުމަށް ބޭނުންވާ އީއައިއޭ ހެދުމަށް ބަޔަކާ ހަވާލު ކުރުން — ފޮޓޯ: ޕްލޭނިންގް މިނިސްޓްރީ

މީގެ އިތުރުން ހަ ރަށެއްގެ މަގު ހެދުމުގެ މަސައްކަތް ކުރުމަށް ބޭނުންވާ އީއައިއޭ ހެދުމަށް ހަވާލުކޮށްފައިވަނީ އަލް ހަބްޝީ އިންޖިނިއަރިން ކޮންސަލްޓެންޓްސް އޮފީސްއަށެވެ.

އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓާ ޖެނެރަލް ޝާނާ ފާރޫގެވެ. އަލް ހަބްޝީގެ ފަރާތުން ސޮއިކުރެއްވީ ކަންޓްރީ ޑިރެކްޓާ އަބްދުއްރައްޒާގު އިދުރީސް އެވެ.

މި އެއްބަސްވުމުގެ ދަށުން އީއައިއޭ ހަދާނެ ރަށްތަކަކީ ހއ. ކެލާ، ރ. އަލިފުށި، ހުޅުދުއްފާރު، މ. މުލި، ލ.ގަން އަދި ތ. ގުރައިދޫގައެވެ. މި މަޝްރޫޢުއަށް ޖުމްލަ 3.17 މިލިއަން ރުފިޔާ ޚަރަދުވާނެއެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ 120 ދުވަސް ތެރޭ ނިންމާގޮތަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: