ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޅުދުއްފުށި ސިޓީއަކަށް ބަދަލު ކުރިއަސް، ކައުންސިލް އިންތިޚާބުގެ ތާރީޚަށް ބަދަލެއް ނާންނާނެ: އީސީ

ޝެއާރކޮށްލާ ކަހަލަދޯ؟

ހދ. ކުޅުދުއްފުށި، ސިޓީއަކަށް ބަދަލު ކުރިނަމަވެސް ލޯކަލް ކައުންސިލް އިންތިޚާބު އޮންނަ ތާރީޚަށް ބަދަލެއް ނާންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އަހުމަދު އަކްރަމް ވިދާޅުވެއްޖެއެވެ.

ސަންގުޓީވީއަށް ދެއްވި ބަސްތީގަތުމެއްގައި، އީސީގެ ނައިބު ރައީސް އަހުމަދު އަކުރަމް ވިދާޅުވީ ކުޅުދުއްފުއްޓަކީ ސިޓީއެއް ކަމަށް ކަނޑައަޅައި ރައީސް އިއުލާން ކުރެއްވުމާ ގުޅިގެން ގާނޫނުގައިވާ ގޮތުގެ މަތިން އަމަލު ކުރަން ޖެހޭ އިޖުރާއަތްތައް ފުރިހަމަކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

އެގޮތުން އަންނަ ލޯކަލް ކައުންސިލް އިންތިހާބުގައި ކުޅުދުއްފުށީގައި އިންތިހާބު ކުރާނީ ސިޓީ ކައުންސިލެއްކަން އަކްރަމް ވަނީ ފާހަގަކުރައްވާފައެވެ.

އަންނަ އަހަރުގެ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ކައުންސިލް އިންތިހާބުގައި ކުޅުދުއްފުށީގެ ސިޓީ ކައުންސިލަށް އިންތިހާބު ކުރާނީ ހަތް ކައުންސިލަރުންނެވެ.

އޭގެ ތެތޭހައި ހިމެނެނީ މުޅި ސިޓީގެ މީހުން ވޯޓު ލައިގެން އިންތިހާބު ކުރާ ސިޓީގެ މޭޔަރާއި ކަނޑައަޅާ ވަކިވަކި ހަ ދާއިރާއަކުން އިންތިހާބު ކުރާ ހަ ކައުންސިލަރުންނެވެ. ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި، ރަށު ކައުންސިލާއި ސިޓީ ކައުންސިލް ހިމެނޭ ގޮތަށް، އަންހެނުންނަށް 384 ގޮނޑި ހިމަނަން ވަނީ ނިންމާފައެވެ.

އެކަން ހާމަ ކުރައްވާ އިލެކްޝަން ކޮމިޝަނުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުގައިވާ ގޮތުން، އަންނަ އޭޕްރިލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ރަށު ކައުންސިލަރުންގެ ގޮތުގައި 923 މީހުން އިންތިހާބުކުރާނެއެވެ. އަދި ސިޓީ ކައުންސިލަރުންގެ ގޮތުގައި 39 މީހުން އިންތިހާބު ކުރާނެއެވެ. މީގެ އިތުރުން ރަށު ކައުންސިލަށް އިންތިޚާބު ކުރާ ޖުމްލަ އަންހެނުންގެ އަދަދަކީ 372 ކަމަށް ކަނޑައަޅާފައިވެއެވެ. ހަމައެހެންމެ ސިޓީ ކައުންސިލްތަކަށް 12 އަންހެނުން އައްޔަން ކުރަން ނިންމާފައިވެއެވެ.

ކައުންސިލްތަކުގައި އަންހެނުން މިހާ ގިނަ އަދަދަކަށް ހިމެނެނީ، ކައުންސިލްތަކުގެ 33 ޕަސެންޓް އަންހެނުންނަށް ހާއްސަކޮށް، މިމަހުގެ ފަސް ވަނަ ދުވަހު އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާއި ގުޅިގެންނެވެ. މި ބިލުގައި ބަޔާންކޮށްފައިވާ ގޮތުން، 3000 މީހުންނަށް ވުރެ އާބާދީ ކުޑަ ކަމުގައި ވީ ނަމަވެސް، އެ ރަށަކުން، ރަށު ކައުންސިލަށް 5 މީހުން އިންތިޚާބު ކުރާނެއެވެ. އަދި 3000 ށް ވުރެ މަތީގެ އާބާދީ ހިމެނޭ ރަށްރަށުން 7 މީހުން ކައުންސިލްތަކަށް އިންތިޚާބު ކުރާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: