ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެއިންތިޙާބު އެއްކޮށް ބޭއްވުމަކީ ދެއިރު ކައިގެން ތިބޭ ބަޔަކު ކައިރީ އެއްއިރު ކައިގެން ތިބޭށޭ ބުނުން: ޝާހިދު

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު
ޝެއާރކޮށްލާ ކަހަލަދޯ؟

އަދުގެ ސަރުކާރަކީ ހުދުމުހުތާރު ވެރިކަމެއް ދިވެހިރާއްޖޭގައި ޤާއިމްކުރުމަށްޓަކައި މަގު ކޮށަމުންދާ އަނިޔާވެރި ވެރިކަމެއްކަމަށް އެމްޑީޕީގެ ރައީސް އަބްދުއްالله ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިހެން ވިދާޅުވީ އެމްޑީޕީ ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށް ބޭއްވުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ، ސަރުކާރުން މިކަން ކުރަން އުޅެނީ ރައްޔިތުންގެ އަތްމަތީގައި އޮތް ދެ އިންތިޚާބެއް އެއްކޮށްލައި، ނިޒާމު ބަދަލުކޮށް ފުނޑާލުމުގެ ނިޔަތުގައި ކަމަށެވެ. އަދި މިއީ ރައްޔިތުންގެ ބާރުތައް ހަނިކުރުމަށް ކުރާ މަސައްކަތެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

ޝާހިދު ފާހަގަކުރެއްވި ގޮތުގައި އިންތިޚާބުގެ ދުވަސްވަރަކީ ރައްޔިތުންގެ ގާތަށް ގޮސް އެމީހުންގެ ކަންބޮޑުވުންތައް އަޑުއެހުމަށް ލިބޭ މުހިންމު ފުރުސަތެކެވެ. ނަމަވެސް، ޚަރަދު ކުޑަކުރުމުގެ ނަމުގައި ދެ އިންތިޚާބު އެއްކޮށްލަން ނިންމީ ރައްޔިތުންގެ އަޑުއަހަން ލިބޭ ފުރުސަތުތައް މަދުކުރުމަށް ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

 ”ދެ އިންތިޙާބު އެއްކޮށް ބޭއްވުމަކީ ދެއިރު ކައިގެން ތިބޭ ބަޔަކު ކައިރީ އެއްއިރު ކައިގެން ތިބޭށޭ ބުނުން“ ކަހަލަ ކަމެއް ކަމަށެވެ.

ސަރުކާރުން ޚަރަދު ކުޑަކުރުމުގެ ވާހަކަ ދެއްކި ނަމަވެސް، މިހާތަނަށް އެކަން ކުރެވެނީ ކިހިނެއްކަން ރައްޔިތުންނަށް ސާފުކޮށްދެވިފައި ނުވާކަމަށް ޝާހިދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ސަރުކާރުން ރައްޔިތުންނަށް ވަރަށް ބޮޑަށް އޮޅުވާލާފައިވާ ކަމަށާއި، އެހެންކަމުން އެމްޑީޕީން މިކަމުގެ ހަގީގަތް ރައްޔިތުންނަށް ވިސްނައިދޭން ޖެހޭ ކަމަށެވެ.

ޑިމޮކްރަސީގެ އަސާސަކީ ރައްޔިތުންގެ އަޑުއެހުމާއި ރައްޔިތުން ބޭނުންވާ ގޮތަށް ވެރިކަން ކުރުން ކަމަށް ވީނަމަވެސް، މިހާރުގެ ސަރުކާރަކީ ޑިމޮކްރަސީއަށް މަސައްކަތްކުރާ ބައެއް ނޫން ކަމަށް ޝާހިދު ވިދާޅުވިއެވެ. ދެ އިންތިޚާބު އެއްކުރުމުން ފައިދާވާނެ ކަމަށް ސަރުކާރުން ބުނި ނަމަވެސް، ސަރުކާރުގެ ވެރިންނަކީ ޑިމޮކްރަސީއަށް އިހުތިރާމްކުރާ ބައެއް ނޫން ކަމަށް ވިދާޅުވެ އޭނާ ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: