ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޙާމަަނާއީގެ އަނބިކަނބަލުން އަވަހާރަވެއްޖެ

Image: Google
ޝެއާރކޮށްލާ ކަހަލަދޯ؟

އިސްރާއީލާއި އެމެރިކާ ގުޅިގެން އީރާނަށް ދެމުންދާ ވަރުގަދަ ހަމަލާތަކުގައި، އެ ގައުމުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ އަނބިކަނބަލުން މަންސޫރާ ޚުޖަސްތާ އަވަހާރަވެއްޖެއެވެ.

އީރާނުން ހާމަކޮށްފައިވާ ގޮތުގައި މަންސޫރާ އަވަހާރަވީ ޚާމަނާއީ އަވަހާރަކޮށްލުމަށް ދިން ހަމަލާތަކުގައި ލިބުނު ޒަހަމްތަކަށް ފަރުވާ ހޯދަމުން ދަނިކޮށެވެ.

އަވަހާރަވީއިރު އުމުރުފުޅުން 78 އަހަރުގެ މަންސޫރާ އާއި ޚާމަނާއީ ކައިވެނި ބައްލަވައިގަތީ 1964 ވަނަ އަހަރުއެވެ. މި ކައިވެންޏަށް ހަ ބޭފުޅުން ލިބިވަޑައިގެންފައިވެއެވެ. ޚާމަނާއީގެ އާއިލާއަށް އަމާޒުކޮށް ދިން މި ހަމަލާތަކުގައި، މިދިޔަ ހޮނިހިރު ދުވަހު އުމުރުން 86 އަހަރުގެ ޚާމަނާއީ ވަނީ އަވަހާރަކޮށްލާފައެވެ.

މި ހަމަލާތަކުގައި ޚާމަނާއީގެ އިތުރުން، އެމަނިކުފާނުގެ އަންހެން ދަރިކަނބަލަކާއި، އެ ދަރިކަނބަލުންގެ ފިރިކަލުންގެ އިތުރުން ޚާމަނާއީގެ ކާފަ ދަރިކަލަކު ވެސް ވަނީ އަވަހާރަކޮށްލާފައެވެ. މިއީ އީރާނުގެ އެންމެ މަތީ ލީޑަރާއި އޭނާގެ އާއިލާއަށް އަމާޒުކޮށް ދެވުނު އެންމެ ނުރައްކާތެރި ހަމަލާތަކެވެ.

އިސްރާއީލާއި އެމެރިކާ ގުޅިގެން އީރާނަށް ދެމުންދާ ހަމަލާތައް މިއަދުވެސް މެދުނުކެނޑި ކުރިއަށްދާއިރު، އީރާނުގެ އެކި ސަރަހައްދުތަކަށް ދަނީ ބޮން އަޅަމުންނެވެ. މި ހަމަލާތަކުގެ ސަބަބުން އީރާނުގެ މަސްރަހު ވަނީ ވަރަށް ބޮޑަށް ނުތަނަވަސްވެފައެވެ.

ފާއިތުވި ދެ ދުވަހުގެ ތެރޭގައި އެކަނިވެސް އިސްރާއީލާއި އެމެރިކާގެ ހަމަލާތަކުގައި އީރާނުން 550 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މިއީ ފަހުގެ ތާރީޚެއްގައި އީރާނަށް ކުރިމަތިވި އެންމެ ގެއްލުން ބޮޑު ހަމަލާތަކުގެ ގޮތުގައި ވަނީ ފާހަގަކުރެވިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: