ބ. ދަރަވަންދޫ ބަނދަރުގެ 40 އިންސައްތަ މަސައްކަތް ނިއްމާލެވިއްޖެ ކަމަށް މޯލްޑިވްސް ޓަަރާސްޕޯޓް އެންޑް ކޮންޓަރަކްޓިންގް ކޮމްޕެނީ ”އެމްޓީސީސީ“ އިން ބުނެފި އެވެ.
އެމްޓީސީސީ އިން ބުނީ ދަރަވަންދޫ ބަނދަރުގެ ތަރައްގީ ކުރުމުގެ 40 އިންސައްތަ މަސައްކަތް ނިމިފައިވާއިރު މިހާރު ކުރިއަށް ދަނީ ހިލަ ޖެހުމުގެ މަސައްކަތް ކަމަށެވެ.
މި މަޝްރޫއުގެ ދަށުން 248 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށިލުމާއި، 2104 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، 83 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 24 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމާއި، 10 މީޓަރު ދިގު 9 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއި، ބައްތި އާއި ނެރު ބައްތި ދަރަވަންދޫ ބަނދަރުގައި ހަރުކުރެވިގެންދަނެއެވެ.
މީގެ އިތުރުން 30,504 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ އާ ހާބަ ބޭސިން ފުންކުރުމާއި، 4126 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ރޭމްޕް އޭރިއާ ފުންކުރުމާއި، 2301 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، 1843 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމުގެ އިތުރުން 352 މީޓަރުގެ ސަރަަޙައެއްގައި ބޭރުތޮށިލުން މި މަޝްރޫއުގެ ދަށުން ކުރިއްޔަދިޔުން ހިމެނެއެވެ.
މިއީ 55.48 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

