އާ އަހަރު ފާހަގަކުުރުމަށް، 47 ރިސޯޓެއްގައި ހަވާ އަރުވާނެ ކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.
އާ އަހަރު ފާހަގަ ކުރުމުގެ ގޮތުން ރާއްޖޭގެ ގިނަ ރިސޯޓުތަކެއްގައި ހަވާ އެރުވުމަށް ނިންމާފައިވާކަން އެމްއެންޑީއެފްގެ އިސްތަރުޖަމާނު މޭޖާ އިބްރާހިމް އާޒިމް ވަނީ މީޑީއާތަކަށް ކަށަވަރުކޮށްދެއްވާފައެވެ. ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި ހަވާ އެރުވޭނީ ސިފައިން މެދުވެރިކޮށް، އެކަމުގެ ހުއްދަ ލިބިގެންނެވެ. އެގޮތުން ސިފައިންގެ ކުންފުނި ސިފްކޯ މެދުވެރިކޮށް އެކި ރަސްމިއްޔާތު ތަކުގައި ރާއްޖޭގައި ދަނީ ހަވާ އަރުވަމުންނެވެ.
ހަވާ އެރުވުމާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން އާޒިމް ވިދޅާުވީ އެހެން އަހަރުތަކާއި ހިލާފަށް އާ އަހަރު ފާހަގަކުރުމަށް މިރޭ، މާލޭގައި ހަވާ އެރުވުމަށް ހަމަޖެހިފައި ނެތް ކަމަށެވެ.
މާލޭގައި ހަވާ ނޭރުވިނަމަވެސް އާ އަހަރު ފާހަގަ ކުރަން ކާނިވާ ސަރަހައްދުގައި ކޮންމެ އަހަރަކުވެސް ކުރިޔަށް ގެންދާ އާ އަހަރުގެ ޝޯވ އޮންނަނެއެވެ. ލޭޒާ ލައިޓުތަކާއެކު ކާނިވާ ސްޓޭޖުގައި އާ އަހަރު ފާހަގަ ކުރުމަށް ބާއްވާ ހާއްސަ ރަސްމިއްޔާތު ފެށިގެންދާނީ މިރޭ 8:45 ގައެވެ.

