ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާ އަހަރަށް މޯލްޑިވް ގޭހުގެ ގެސްފުޅި، ލުއިފުޅި އަށް ބަދަލުކުރުމުގެ ފުރުސަތު!

އާ އަހަރަށް މޯލްޑިވް ގޭހުގެ ގެސްފުޅި، ލުއިފުޅި އަށް ބަދަލުކުރުމުގެ ފުރުސަތު!
ޝެއާރކޮށްލާ ކަހަލަދޯ؟

2020 ވަނަ އަހަރަށް ހާއްސަކޮށް، މޯލްޑިވްސް ގޭހުގެ ފަރާތުން ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

ޮްޕްރޮމޯޝަންގެ ދަށުން ދަގަނޑު ގޭސް ފުޅި، ލުއި ފުޅިއަށް ބަދަލު ކުރެވޭނެ އެވެެ. ޕްރޮމޯޝަންއަށް އަގަށް ގެނައި ބަދަލުތަކާއި ގުޅޭގޮތުން މޯލްޑިވް ގޭހުގެ މާކެޓިން އެންޑް ބިޑިން މެނޭޖަރު، އައިމިނަތު މުހައްމަދު ސައީދު ވިދާޅުވީ ޕްރޮމޯޝަންގައި ދަގަނޑުފުޅި، ލުއިފުޅި އަށް ބަދަލު ކުރުމަށް ނަގާނީ 795ރ. ކަމަށެެވެ. އާއްމު ގޮތެއްގައި ކަސްޓަމަރަކު ގޭސް ފުޅި ލުއި ގޭހަށް ބަދަލު ކުރާނަމަ 1،775ރ. ހޭދަކުރަން ޖެހޭނެއެވެ.

ލުއިފުޅި އަށް ބަދަލުކުރަން ބޭނުންވާ ކަސްޓަމަރުން މޯލްޑިވް ގޭހުގެ ހޮޓްލައިން ނަންބަރު 1616 އަށް ގުޅުމުން އެކަން ހަމަޖެހިގެންދާނެއެވެ. ޕްރޮމޯޝަން ކުރިޔަށް ގެންދިއުމުގެ އެއް މަގްސަދަކީ ކުންފުނީގެ ހުރިހާ ގޭސްފުޅިއެއް ލުއި ފުޅިތަކަށް ބަދަލު ކުރުމެވެ.

މޯލްޑިވް ގޭހުގެ ލުއިފުޅި އަކީ ހިފައި ގެންގުޅެން ފަސޭހަ އަދި ދަބަރު ނުޖަހާނެހެން ތައްޔާރު ކޮށްފައިވާ ފުޅިތަކެއްކަން ފާހަގަކޮށްލެވެއެވެ. އަދި މިއީ، ދަގަނޑު ފުޅިތަކަށް ވުރެ ރައްކާތެރިކަން އެކުލެވިގެންވާ ގޮތަކަށް ތައްޔާރުކޮށްފައިވާ ފުޅިއެކެވެ.

މޯލްޑިވް ގޭހުން ލުއިފުޅި ރާއްޖޭގެ ބާޒާރަށް ނެރެފައިވަނީ ސެޕްޓެމްބަރު، 2014 ގަ އެވެ. އެ ފުޅިއާ މެދު އާންމުން ހޭލުންތެރި ކުރުމަށް ގިނަ ޕްރޮމޯޝަންތަކެއް އެ ކުންފުނިން ވަނީ ކުރިއަށް ގެންދިޔަ އެވެ

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: