ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބައިނަލްއަގުވާމީ ބާޒާރުގައި ގޭހުގެ އަގު ވަރަށް ބޮޑަށް އުފުލިއްޖެ!

ބައިނަލްއަގުވާމީ ބާޒާރުގައި ގޭހުގެ އަގު ވަރަށް ބޮޑަށް އުފުލިއްޖެ!
ޝެއާރކޮށްލާ ކަހަލަދޯ؟

ބައިނަލްއަގުވާމީ ބާޒާރުތަކުގައި ގޭހުގެ އަގު 30 އިންސައްތައަށް ވުރެ ބޮޑަށް އުފުލިފައިވާ ކަމަށް ބައިނަލްއަގުވާމީ ނޫސްތަކުން ރިޕޯޓް ކޮށްފިއެވެ.

ޔޫރަޕްގެ ބާޒާރުގައި ގޭހުގެ އަގު މިއަދު 33 އިންސައްތައަށް އުފުލިފައިވާއިރު، އިނގިރޭސިވިލާތުގެ ބާޒާރުގައިވެސް ގޭހުގެ އަގު ވަނީ 30 އިންސައްތަ އަށް މައްޗަށް ގޮސްފައެވެ. މިއީ 2023 ވަނަ އަހަރުގެ ޖެނުއަރީ މަހަށްފަހު މި ދެ ސަރަހައްދުގައިވެސް ގޭހުގެ އަގު މިހާ ބޮޑަށް އުފުލުނު ފުރަތަމަ ފަހަރެވެ.

ދުނިޔޭގައި އެންމެ ފުޅާދާއިރާއެއްގައި ގޭސް އެކްސްޕޯޓްކުރާ އެއް ކުންފުނި ކަމަށްވާ ގަތަރު އެނާޖީގެ މަރުކަޒުތަކަށް ދިން ”އަސްކަރީ ހަމަލާތަކަކާ“ ގުޅިގެން، އެ ކުންފުނިން ގޭސް އުފެއްދުން މެދުކަނޑާލުމާ އެކު، މިދިޔަ ހޯމަ ދުވަހު ގޭހުގެ އަގު ވަނީ ގާތްގަނޑަކަށް 50 އިންސައްތައަށް އުފުލިފައެވެ.

”ޓްރޭޑިންގ އިކޮނޮމިކްސް“ އިން ހާމަކުރާ ގޮތުގައި، އިނގިރޭސިވިލާތަކީ ގޭސް ރައްކާކުރެވޭ މިންވަރު މަދުވުމާއި، ބޭރުން ގެންނަ ގޭހަށް ވަރަށް ބޮޑަށް ބަރޯސާވާންޖެހޭ ގައުމަކަށް ވާތީ، މި ހާލަތުގެ ނުރައްކާ އެ ގައުމަށް ވަރަށް ބޮޑެވެ. މިދިޔަ ފެބްރުއަރީ މަސް ނިމުނުއިރު އެ ގައުމުގެ އަމިއްލަ ރިޒާވްގައި ގޭސް ހުރީ 30 އިންސައްތަ އަށް ވުރެ ދަށް މިންވަރެއްގައެވެ.

ރާއްޖެއަށް ގޭސް ގެންނަ މެދުއިރުމަތީގެ ބައެއް ގައުމުތަކުގެ ތެޔޮ ކާރުހާނާތަކަށްވެސް ވަނީ އަސްކަރީ ހަމަލާތައް ދީފައެވެ. އެހެންނަމަވެސް ދިވެހި ސަރުކާރުން ބުނެފައިވަނީ ތެލާއި ގޭސް ލިބޭނެ ކަމަށާއި، އެކަމުގައި އެއްވެސް މައްސަލައެއް ދިމާ ނުވާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: