ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިރާގުއެޕްއިން ކޮންމެ ދުވަހަކު ކާށި ބިނދެގެން އަގުހުރި އިނާމުތަކެއް!

ދިރާގުއެޕްއިން ކޮންމެ ދުވަހަކު ކާށި ބިނދެގެން އަގުހުރި އިނާމުތަކެއް ލިބޭ ޕްރޮމޯޝަނެއް ފެށުން/ ފޮޓޯ: ދިރާގު
ޝެއާރކޮށްލާ ކަހަލަދޯ؟

މި އަހަރުގެ ރަމަޟާން މަހާ ގުޅިގެން، ދިރާގު އެޕް މެދުވެރިކޮށް ”ކާށި ބިނދެގެން“ ޗައިނާއަށް ދިއުމުގެ ފުރުސަތު ލިބޭ ހާއްސަ ޕްރޮމޯޝަނެއް ދިރާގުން ތައާރަފުކޮށްފި އެވެ.

މި ޕްރޮމޯޝަން މެދުވެރިކޮށް ކަސްޓަމަރުންނަށް އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މި ޕްރޮމޯޝަން ކުރިއަށްދާނީ ކޮންމެ ދުވަހެއްގެ މެންދުރު 1:00 އިން ފެށިގެން ހަވީރު 6:00 އާ ހަމައަށެވެ.

ދިރާގު އެޕްއިންް ”ކާށި ބިނދެގެން“ ކޮންމެ ދުވަހަކުވެސް 2ޖީބީގެ ހިލޭ ޑޭޓާ ހޯދުމުގެ ފުރުސަތު އޮންނާނެއެވެ. އަދި މެދުކެނޑުމެއްނެތި 30 ދުވަހު ކާށި ބިންނަ ކަސްޓަމަރުންގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް، ދެ މީހަކަށް ޗައިނާގެ ޝަންހާއީގައިއެއް ހަފުތާގެ ޗުއްޓީއެއް ހޭދަކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ކޮންމެ ދުވަހަކު ލިބޭ ޑޭޓާގެ އިތުރުން، ވިދިވިދިގެން 5 ދުވަސް، 10 ދުވަސް ނުވަތަ 20 ދުވަހު ކާށި ބިނދެގެން ކަސްޓަމަރުންނަށް 1ޓީބީއާ ހަމައަށް ހިލޭ ޑޭޓާ ލިބިގެންދާނެއެވެ. މީގެ އިތުރުން، މެދުކެނޑުމެއްނެތި 10 ދުވަހު ކާށި ބިންނަ ކަސްޓަމަރުންގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް ސެމްސަންގް ގެލެކްސީ ވޮޗް އަލްޓްރާއެއް ލިބިގެންދާނެއެވެ. އަދި، ޖެހިޖެހިގެން 20 ކާށި ބިންނަ ކަސްޓަމަރުންނަށް ސެމްސަންގް ގެލެކްސީ އެސް26 އަލްޓްރާ ފޯނެއް ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މި ޕްރޮމޯޝަންގެ މައިގަނޑު މަގްސަދެއްކަމަށް ދިރާގުން ބުނީ ރަމަޟާން މަހުގައި، ހިލޭ ޑޭޓާ އާއި އަގުހުރި އިނާމުތަކާއެކު ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ގުޅުންތައް ބަދަހިކުރުމުގެ ފުރުސަތު ކަސްޓަމަރުންނަށް ފަހިކޮށްދިނުމެވެ. ދިރާގުން ބުނީ އެ ކުންފުނިން ދަނީ ކަސްޓަމަރުންނަށް ފައިދާކުރަނިވި، އަދި އައު ތަޖުރިބާތަކެއް ލިބިގެންދާނެ ފަދަ ހިދުމަތްތަކާއި ޕްރޮމޯޝަންތައް ފޯރުކޮށްދިނުމަށް އަބަދުވެސް މަސައްކަތް ކުރަމުން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: