ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދީނީ ހަރުކަށި ފިކުރު އޮތް ކަމަށް ބުނާ މަޑުއްވަރީގައި ދީނީ ނަސޭހަތް ދެނީ!

ދީނީ ހަރުކަށި ފިކުރު އޮތް ކަމަށް ބުނާ މަޑުއްވަރީގައި ދީނީ ނަސޭހަތް ދެނީ!
ޝެއާރކޮށްލާ ކަހަލަދޯ؟

ދީނީ ހަރުކަށި ފިކުރު ފަތުރަމުން ދާކަމުގެ ތުހުމަތުގައި، ރ. މަޑުއްވަރީގައި ފުލުހުންނާއި ސިފައިން އަދި ޖެންޑާ މިނިސްޓްރީން ކުރިޔަށް ގެންދިޔަ އޮޕަރޭޝަނަށްފަހު ރަށުގެ ރައްޔިތުންނަށް ދީނީ ނަސޭހަތް ދިނުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކާއި ގުޅިގެން މަޑުއްވަރީ ކައުންސިލުން ފަށައިފި އެވެ.

މަޑުއްވަރީގައި ހަރުކަށި ފިކުރު ފެތުރުމަށް މަސައްކަތް ކުރާ މީހުން ހަރަކާތްތެރިވާ ކަމަށް ތުހުމަތުކޮށް ފުލުހުންނާއި ސިފައިން ވަނީ އެ ރަށުގައި ހާއްސަ އޮޕަރޭޝަނެއް ހިންގައި ބައެއް މީހުން ހައްޔަރުކޮށްފަ އެވެ. ހައްޔަރު ކުރީ 30 އަހަރުގެ ފިރިހެނެކެވެ. އޭގެ ފަހުން 34 އަހަރުގެ ފިރިހެނަކާއި 29 އަހަރުގެ ފިރިހެނެއްވެސް ވަނީ ހައްޔަރުކޮށްފައެވެ. އެ މީހުންގެ ބަންދުގެ މުއްދަތު މިހާރު ވަނީ ދެ ވަނަ ފަހަރަށް އިތުރުކޮށްފައެވެ. ހައްދުފަހަނަޅާފައިވާ ފިކުރުގެ މީހުން ގިނަކަމަށް ބުނާ އެ ރަށުން މި ދެ ދުވަހެއްގެ ތެރޭގައި އެތައް މައްސަލައެއް އެ އޮޕަރޭޝަންގައި ފެންމަތިވެފައިވެއެވެ. ހަރުކަށި ފިކުރާ ދެކޮޅަށް ”އައްސޭރި“ ނަމުގައި ފުލުހުން މަޑުއްވަރީގައި އޮޕަރޭޝަނެއް ފެށީ މިދިޔަ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހުއެވެ. އެރަށުން ހަރުކަށި ފިކުރަށް ނިސްބަތްވާ ތިންމީހަކު ހައްޔަރުކޮށްފައިވާއިރު ބަލާ ފާސް ކުރުމުގެ ތެރޭގައި ތަހުގީގަށް ވަނީ މުހިންމު ހެކިތަކެއް ލިބިފައެވެ.

އޭގެ ތެރޭގައި، ކުޑަކުދިން ކޯޓުން ބޭރުން ކައިވެނި ކުރުވާ އަމިއްލައަށް ތައްޔާރުކޮށްފައި ހުރި ލިޔެކިޔުންތައް ހިމެނެއެވެ. އަދި ކުއްޖާ ވިހެއުމަށްފަހު ވެކްސިން ނުޖަހާ މައްސަލައާއި، އަސާސީ ހައްގުތަކުން މަހުރޫމްކޮށް ސްކޫލަށް ނުފޮނުވާ މައްސަލަތައް ހިމެނެއެވެ. އަދި އަންހެނުން ގެއިން ނިކުތުން މަނާ ކުރުމާއި، ކުޑަ އަންހެން ކުދިން އެކުދިންނަށް ލިބިގެންވާ ހައްގުތަކުން މަހުރޫމް ކުރުން ހިމެނެއެވެ.

ރަށުން ފެންމަތިވެގެން އައި މައްސަލަތަކަށްފަހު މަޑުއްވަރީ ކައުންސިލް އިން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ ރައްޔިތުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ހާއްސަ މަސައްކަތްތަކެއް ފަށާފައިވާ ކަމަށެވެ. އަދި ކުރިޔަށް އޮތް ތިން ދުވަހު ރައްޔިތުންނަށް ދީނީ ނަސޭހަތް ދިނުމުގެ ހަރަކާތްތައް ކުރިޔަށް ގެންދާނެ ކަމަށް ވަނީ ބުނެފައެވެ.

ކައުންސިލްއިން ހާމަކޮށްފައިވާ ގޮތުން ކުރިޔަށް އޮތް ތިން ދުވަހު އަސުރު އަދި މަޣްރިބް ނަމާދަށް ފަހު މިސްކިތުގައި ދީނީ ނަސޭހަތް ދިނުން އޮންނާނެއެވެ. އެގޮތުން ނަސޭހަތް ދިނުމަށް ޝެއިހު ނަސްރުއްﷲ އަލީ އާއި ޝައިހު ހުސައިން އަބްދުﷲ ސައީދު އަދި ޝެއިހު އަހުމަދު ފަހުމީ ވަނީ އެ ރަށައް ވަޑައިގެންފައެވެ. އަދި ހެދުނާއި، ހަވީރު އާންމުން އުޅޭ އެކި ސަރަަހައްދުތަކަށް އިލްމުވެރިން ޒިޔާރަތްކޮށް ރައްޔިތުންގެ ހިތުގައި އުފެދިފައިވާ ސުވާލުތަކަށް ޖަވާބު ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މަޑުއްވަރީ އޮޕަރޭޝަނާ ގުޅޭ ގޮތުން ފުލުހުން ބުނެފައި ވަނީ އެ ރަށުގައި ހަރުކަށި ފިކުރު ފަތުރައި، ދައުލަތުގެ އާންމު ނިޒާމާއި އިދާރީ އިންތިޒާމްތަކުން ބޭރުން ވަކި ޖަމާއަތް ހަދައިގެން އުޅޭ ބަޔަކު އަންހެނުންނާއި ކުޑަކުދިން ހައްގުތަކުން މަހުރޫމްކޮށް, އެ ފަރާތްތަކުގެ ނާޖާއިޒް ފައިދާ ނަގަމުންދާ ކަމަށެވެ.

އަދި ފުލުހުންނާއި ސިފައިން އޮޕަރޭޝަން ހިންގަނީ މިފަދަ ނުބައި ކަންކަން މުޖުތަމައުގެ ތެރޭގައި ފެތުރުން ހުއްޓުވައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ކަމަށް އެ މުވައްސަސާއިން ވަނީ ބުނެފައެެވެ. މި އޮޕަރޭޝަން ހިންގާ އިރު، ސިފައިންނާއި ފުލުހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރަން އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް އަޅާނެ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: