އާއަހަރު ފާހަގަ ކުރުމަށް ހިންގާފައިވާ އެކި އެކި ޖިނާއީ ކުއްތަކާއި ގުޅިގެން 110 މީހަކު ހައްޔަރުކޮށްފައިވާ ކަން ފުލުހުން ހާމަކުރައްވައިފިއެވެ.
ފުލުހުން މިކަން ހާމަކޮށްފައި ވަނީ އާއަރާއި ގުޅިގެން މާލެ ސިޓީ އަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ ހާއްސަ އޮޕަރޭޝަން މައުލޫމާތު އާންމުކުރަމުންނެވެ. އެގޮތުން ފުލުހުން ވިދާޅުވީ، އެންމެ ގިނަ ބަޔަކު ހައްޔަރުކޮށްފައި ވަނީ ބަނގުރާ ބޮއިގެން މަގުމައްޗަށް ނިކުމެ ހަމަނުޖެހުން އުފައްދަށް މަސައްކަތް ކުރިކަމުގެ ތުހުމަތުގައި ކަމަށެވެ.
އަދި ޖެނުއަރީ މަހުގެ 1ވަނަ ދުވަހު އެކަނިވެސް 5ތަނަށްވުރެ ގިނައިން ބަނގުރާ ބޭނުން ކުރަނިކޮށް އަދި ކައްކަނިކޮށް އަތުލައިގެންފައިވާކަން ފާޙގަަކޮށްލެވއެވެ. އޭގެ ތެރެއިން އައްޑޫއާއި ފުވައްމުލަކުގެ ތަންތަން ހިމެނޭ އިރު އެންމެ ގިނަ ބަޔަކު ހައްޔަރުކުރީ ފުވައްމުލަކުންނެވެ. ފުވައްމުލަކުން ޖުމުލަ 23 މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.
މާލޭގައި ފުލުހުން އޮޕަރޭޝަން ހިންގާފައި ވަނީ ”ރިވެލި“ގެ ނަމުގައެވެ. މި އޮޕަރޭޝަން ތަކުގެ އިތުރުން އެހެނިހެން އޮޕަރޭޝަންތައް ވެސް ފުލުހުން އެބަ ކުރިއަށް ގެންދެއެވެ.
މީގެ އިތުރުން ފުލުހުން ހައްޔަރުކޮށްފައިވާ މީހުންނަށް ބަލާއިރު މަސްތުގެ ހާލަތުގައި ހުރި އެކަކު ރ.މީދުއިން ވަނީ ހައްޔަރުކޮށްފައެވެ. ފުލުހުން ވަނީ މިދުވަސްވަރު ގެއިން ބޭރަށް ދާއިރު ސަމާލްވުމަށްވެސް އިލްތިމާސްކުރައްވާފައެވެ.

