އިދިކޮޅަށް ކައުންސިލް އިންތިހާބު ދީފިނަމަ ރައިސްގެ ސްޕީޑުގައި ކަންކަން ކުރިއަށް ނުގެންދޭވެނެ ކަމަށް ވިލިމާލެ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް ވިދާޅުވެއްޖެއެވެ.
ކޮންގްރެސް ޕާޓީގެ ހދ. އަތޮޅުގެ މާލެ ޖަގަހަ އިފްތިތާހު ކުރުމުގެ ހަފްލާގައި މުހައްމަދު އިސްމާއިލް ވިދާޅުވީ ސަރުކާރަށް ތާއިދުކުރާ ކައުންސިލްތަކެއް އެކުލަވާ ނުލެވިއްޖެނަމަ، ސަރުކާރަށާއި އަދި ރައްޔިތުންނަށްވެސް އެ މަސައްކަތްތަކުން ލަސްތަކެއް ކުރިމަތިވާނެ ކަމަށެވެ.
މި ވެރިކަމުގެ ތެރޭގައި ރަށްރަށުގައި ޕްރޮޖެކްޓުތައް ހިންގަން ބިން ހޯދުމަށް ހުށައެޅުމުން އެ ބިން ނުދީ ކައުންސިލްތަކުން ދަތިކުރިކަމަަށް މެމްބަރު ވިދާޅުވިއެވެ.
މުހައްމަދު އިސްމާއިލް ވިދާޅުވީ އެހެން ދިމާވީ، އެމްޑީޕީގެ ކައުންސިލްތައް އޮތް ރަށްރަށުން ކަމަށެވެ. އެ ސަބަބުތަކަށްޓަކައިވެސް އިދިކޮޅަށް ކައުންސިލް އިންތިހާބު ދީފިނަމަ ރައިސްގެ ސްޕީޑުގައި ކަންކަން ކުރިއަށް ނުގެންދޭވެނެކަން ސާފުވާކަމަށް އޭނާ ވިދާޅުވި އެވެ. އަދި އިދިކީލި ކައުންސިލްތައް އުދެފިފައިހުރި ތަންތަނުން ސަރުކާރަށް ކުރާ ޖެއްސުން ރައްޔިތުންނަށް ފެންނާނެކަމަށް ވިދާޅުވިއެވެ.
މުހައްމަދު އިސްމާއިލް ވިދާޅުވީ، ސަރުކާރަށް ކުރިއަށް އޮތް ކައުންސިލް އިންތިހާބު އެކީ ދޭން ޖެހޭ ކަމަށެވެ. އަދި ވަނީ ވަރަށް ބޮޑަށް ރައީސްއަށް ޝުކުރުއަދާކުރައްވާ، ޕާޓީ ހިންގުމާއި އަދި ކެމްޕެއިން ކަންކަން ކުރިއަށް ގެންދިއުމުގައި ވާ ފަސޭހަތައް ފާހަގަކުރައްވާފައެވެ.
އެގޮތުން އޭނާ ވިދާޅުވީ ކަންކަން ކުރުމުގައި މިހާރު ވަރަށް ބޮޑަށް ފަސޭހަވެފައިވާ ކަމަށާއި، މިދިޔަ ސަރުކާރުތަކުގައި ކެމްޕެއިން ހަރަކާތްތައްވެސް ގެންދަން އުނދަގޫ ކަމަށެވެ. އެހެންނަމްވެސް ރައީސްގެ އިރުޝާދުގެ ދަށުން ކަންކަން ރޭވިފައިވާ ގޮތް އަދި ކެމްޕެއިން މަސައްކަތްތައް ކުރުމުގައި ބޮޑެތި ލުއި ފަސޭހަތަކެއް ހުރިކަަމަށް ވިދާޅުވިއެވެ.

