ލ.ގަމުގައި ބާއްވަން އުޅުނު ޕްރައިމަރީ ހުއްޓުވީ އެއީ ޕާޓީއަށް ވަގަށް އުސޫލުން ބޭރުން ވަކި ބަޔަކު އިންތިޚާބު ކުރަން ބާއްވަން އުޅުނު ޕްރައިމަރީއަކަށް ވާތީކަމަށް ގަމުގެ އެމްޑީޕީގެ މެންބަރުން ބުނެފިއެވެ.
ނަން ހާމަނުކުރުމަށް ޝަރުތުކޮށް ގަމުގެ އެމްޑީޕީގެ މެންބަރަކު ބުނީ، އެމްޑީޕީން ޕްރައިމަރީ ބާއްވާނެ ތާރީޚު ކަނޑައަޅާ އާންމުކޮށް އިއުލާނުކޮށްފައިވަނިކޮށް ޕާޓީއަށް ވަގަށް، ބަޔަކު އިސްވެ ހިންގަން އުޅުނީ ބޮޑު ޖަރީމާއެއް ކަމަށެވެ. އަދި ެ ފުރުސަތު ގަމު ފަސްގަނޑުގައި ނުލިބޭނޭ ކަމަށްވެސް އޭނާ ބުންޏެވެ.
”ނުލާހިކު ރަނގަޅަށް ޓައިމްލައިން ހަދާފަ އެމްޑީޕީން އިއުލާނުކޮށްފަ އޮއްވާ މިތާގަ ބަޔަކު ހާވަން އުޅުނު ހަޑިއެއް އެ ހުއްޓުވީ“ ގަމުން ވާހަކަ ދެއްކި މީހާ
މިކަމުގެ އަޑީގައި ގަމު ދާއިރާގެ މެންބަރު މުޙައްމަދު ވިސާމު ހިމެނޭކަމަށް އޭނާ ވަނީ ތުހުމުތުކޮށްފައެވެ. އަދި ޕްރައިމަރީގައި ވަކި ބަޔަކު ނެގުމަށް މެންބަރު ބޭނުންވެ ލައްވަނީކަމަށްވެސް އޭނާ ވަނީ ތުހުމަތުކޮށްފައެވެ. މިކަމާއި ގުޅިގެން މެންބަރު ވިސާމަށް ގުޅާލުމުން ފޯނަށް ޖަވާބު ނުދެއްވާތީވެ، މެންބަރުގެ ބަހެއް ލިބޭގޮތްވަނީ ނުވެފައެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީ އިން ޕްރައިމަރީ ބާއްވާނެ ދުވަސް އިއުލާން ކޮށްފައި ވަނިކޮށް އެ އިއުލާނާއި ހިލާފަށް ލ.އަތޮޅު ގަމުގައި އެމްޑީޕީގެ ޕްރައިމަރީގެ ނަމުގައި ހުކުރު ދުވަހު ބާއްވަން އުޅުނު ޕްރައިމަރީ އެމްޑީޕީ މެންބަރުން ނިކުމެވަނީ ހުއްޓުވާފައެވެ. އެމްޑީޕީގެ ޕްރައިމަރީ ބާއްވަން އުޅުނީ ގަމުގެ ދެ އަވަށެއްގައެވެ. އެއީ ތުނޑީ އަވަށާއި އަލަށް އާބާދުވާ ސަރަހައްދުގައެވެ. ނަމަވެސް މެންދުރު ފަހު ވޯޓް ލުން ފަށަން އޮފިޝަލުން ވޯޓް ލުން ކުރިއަށް ގެންދަން ހަމަޖެހިފައި އޮތް ޖަގަހަ ތަނަކަށް ދިއުމުން އެތަނުގައި ތިބި އެމްޑީޕީ މެންބަރުން ވަނީ އޮފިޝަލުންނަށް ހުރަސް އަޅައި ވޯޓް ލުން ހުއްޓުވާފައެވެ.
އަދި ފަހުން އެ ޕއރައިމަރީ އަކީ ބާޠިލް ޕްރައިމަރީއެއް ކަމަށާއި ދެން ޕްރައިމަރީ އޮންނާނީ ޕާޓީން ކަނޑައަޅާފައިވާ ޓައިމްލައިނާ އެއްގޮތަށްކަމަށް ވަނީ ގަމުގެ އެމްޑީޕީގެ ކޮމިޓީއަކުން ނިންމާފައެވެ.

