ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިޔާސީ ބަޔާން އިއްވުން އަންނަ މަހުގެ ތިނެއްގައި!

ރައީސް އިބްރާހިމް މުހައްމަދު ސާލިޙް: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލިަސް މިއަހަރަށް ހުޅުވާ ޖަލްސާ ބާއްވާ ރިޔާސީ ބަޔާން އިއްވުން އަންނަ މަހުގެ ތިން ވަނަ ދުވަހަށް ތާވަލް ކޮށްފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނެފިއެވެ. 

ރައްޔިތުންގެ މަޖިލީޙުގެ ފަރާތުން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ބުނެފައި ވަނީ މަޖިލިަސް މިއަހަރަށް ހުޅުވާ ޖަލްސާ އަންން މަހުގެ ތިން ވަނަ ދުވަހު ބޭއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ނިންމަވާފައިވާ ކަމަށެވެ. 

މީގެއިތުރުން ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް ހޫދު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވާ ޖަލްސާ ބޭއްވުމަށް ނިންމާފައިވާ ދުވަހަކީ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައެޅުއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ނިންމަވާފައިވާ ކަމަށެވެ. 

https://twitter.com/MvSpokesperson/status/1214069794351108097?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1214069794351108097&ref_url=https%3A%2F%2Fwww.addulive.com%2F172233

އަންނަ މަހުގެ ތިން ވަނަ ދުވަހު ރައީސް ސާލިހުގެ ދެ ވަނަ ރިޔާސީ ބަޔާން އިއްވުމަށް ހަމަޖެހިފައިވާއިރު ރައީސް ސާލިހުގެ ފުރަތަމަ ރިޔާސީ ބަޔާނުގައި ފާހަގަކުރައްވާފައިވާ އެއްކަމަކީ އިގްތިސާދީ ދުވެލި މެކުހަށް ޖެހުމަށް މަސައްކަތް ކުރައްވާނެ ވާހަކައެވެ. އެގޮތުން، އިޤްތިޞާދީ މިންގަނޑުތަކަށް ބަލާއިރު، ރާއްޖޭގެ އިޤްތިޞާދީ ދުވެލި، 2019 ވަނަ އަހަރު ގާތްގަނޑަކަށް 7.6 އިންސައްތައިގައި، ހިފެހެއްޓޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފައެވެ.

އެމަނިކުފާނުގެ ތަސައްވުރަކީ ދައުލަތުގެ ރިޒާވް އެއް ބިލިއަނަށް ގެންދިއުން ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. މީގެ އުތުރުން ރާއްޖޭގެ އިންފްލޭޝަން ރޭޓު ހިފަހައްޓާލެވޭނެ ކަމަށް ލަފާ ކުރެވެނީ 1.3 އިންސައްތައިން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. 2018 ވަނަ އަހަރު ނިމިގެންދިޔައިރު ދައުލަތުގެ ރަސްމީ ރިޒާވްގައި 757.8 މިލިއަން އެމެރިކާ ޑޮލަރު ހުރި ނަމަވެސް، 2019 ވަނަ އަހަރު އަހަރު ނިމޭއިރު އެ އަދަދު 803.4 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުވާނެ ކަމަށް ރައީސްވަނީ ވިދާޅުވިއެވެ.

އިޖްތިމާޢީ ދާއިރާއަށް ބަލާލާނަމަ، ހައުސިން ނީޑް އެސެސްމެންޓްގެ ނަމުގައި ބޯހިޔާވަހިކަމުގެ ދާއިރާ އަށް ދިމާވެފައިވާ ދަތިކަން ހައްލު ކުރާނެ ކަމަށް ރައީސް ވައުދުވެވަޑައުގަތެވެ. އެގޮތުން އެ މަސައްކަތް ނިމުމުން ބޯހިޔާވަހިކަމުގެ ސިޔާސަތު އެކުލަވާލާ 2019 އަހަރު އެ ސިޔާސަތު ތަންފީޒް ކުރަން ފައްޓަވާނެ ކަމަށް ރައީސް ވައުދުވެވަޑައިގަތެވެ. މީގެ އިތުރުން، ގެދޮރުވެރިކަމާއި ގުޅޭ ދެ ޤާނޫނެއް ވުޖޫދުކުރުމަށް މަސައްކަތް ކުރައްވާނެކަން ރައީސް ހާމަކުރެއްވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އެންމެ ފަހު ޖަލްސާގައި މަޖިލީހުގެ ރައީސް ރައީސް ނަޝީދު ވިދާޅުވެފައި ވަނީ  ފަހު ދައުރުގައި ކުރި ބައެއް ބޮޑެތި މަސައްކަތްތަކުގެ ތެރޭގައި މަސްވެރިންގެ ގާނޫނަށް ގެންނަން ފާސް ކުރި އިސްލާހުތަކާއި ލާމަރުކަޒީ ގާނޫނަށް ގެންނަން ނިންމި އިސްލާހުތަކާއި އަންނަ އަހަރުގެ ބަޖެޓު ފާސްކުރުމާއި އާމްދަނީން ޓެކްސް ނެގުމުގެ ބިލް ނިންމުން ހިމެނޭ ކަމަށެވެ.

މަޖިލިހުން އާންމުކުރި ތަފާސް ހިސާބުތަކަށް ބަލާ އިރު، ކުރީގެ ދައުރުން ލިބުނީ 16 ބިލެވެ. ފަހު ދައުރުގައި 23 ބިލެއް މަޖިލިހަށް ހުށަހެޅި އެވެ. މަޖިލިހަށް ހުށަހެޅި ބިލްތަކުގެ ތެރެއިން 11 ބިލް ނިމުނު އިރު، ނުނިމި 28 ބިލެއް އޮތް ކަމަށް އެ ތަފާސް ހިސާބުތަކުން ދައްކަ އެވެ.

ގަރާރުތަކަށް ބަލާއިރު، ކުރީގެ ދައުރުން ލިބިފައި ވަނީ 12 ގަރާރެވެ. މަޖިލިހަށް ފަސް ގަރާރެއް ހުށަހެޅި އިރު، ނުނިމި 15 ގަރާރެެއް އެބައޮތެވެ. ސަރުކާރުން ފޮނުވި މައްސަލަތަކުގެ ތެރެއިން ކުރީގެ ދައުރުން ދެ މައްސަލައެއް ލިބުނު އިރު، މި ދައުރުގައި ހުށަހަޅާފައި ވަނީ 16 މައްސަލައެކެވެ. އަދި އެންމެ މައްސަލައެއް ފިޔަވައި ހުރިހާ މައްސަލަތަކެއް މަޖިލިހުން ވަނީ ނިންމައިފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: