ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަރެކްޝަންސް އިސްލާހުކުރަންޖެހެނީތޯ؟ : ހިސްޓޯ

ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިސްލާހުކުރަން ޖެހިފައިވާކަމަށް ދޭހަވާ މޭރުމަކުން އެޗްއާރްސީއެމްގެ ކުރީގެ ނައިބު ރައީސް އަދި ކުރީގެ މެމްބަރު ޝިފާގް މުފީދު ސުވާލު އުފައްދަވައިފިއެވެ.

ކަރެކްޝަނުން ދޮގު މައުލޫމާތު ދިންކަމަށް އިންސްޕެކްޓަރ އޮފް ކަރެކްޝަމްސް ހާމަކުރުމާއި ގުޅިގެން، އޭނާ ކުރެއްވި ޓްވީޓެއްގައި ކަރެކްޝަންސް ރަނގަޅުކުރަން ޖެހޭތޯ ސުވާލުކުރައްވާފައިވެއެވެ.

https://twitter.com/ShifaqMufyd/status/1214091202124845056

ޝިފާގް މުފީދު މިފަދައިން ޓްވީޓްކުރައްވާފައިވާއިރު އޭނާއަކީ ޖަލުތަކުގައި ހިނގާ އަނިޔާގެ މައްސަލަތައް ސިއްރު ކުރާތީ އެކަމާއި މެދު މިޑިއާގެ އެކި ޕްލެޓްފޯމްތަކުގައި، ވާހަކަދައްކަވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން ޖަލުތަކާއި ޕެރޯލްގެ ޤާނޫނަށް ފެތޭ އެންމެ ޖަލެއްވެސް ރާއްޖޭގައި ނެތް ކަމަށް ބުނެ އެކަމާއި މެދު ތަކުރާރުކޮށް ކަންބޮޑުވުން ފާޅުކުރައްވާފައިވެއެވެ.

ކ.މާފުށީގައި ހުންނަ ރިމާންޑް ޖަލުގައި ހިނގަމުންދާ ކަންކަމާއި ބެހޭ ގޮތުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ހާމަކޮށްފައި ވަނީ ދޮގު މައުލޫމާތު ކަމަށް ޖަލުތަކުގެ ހާލަތާއި އެތަންތަނުގެ ކަންކަން ހިނގާގޮތް ހޯމް މިނިސްޓަރަށް ރިޕޯޓު ކުރުމަށް ކަނޑައަޅުއްވާފައި ހުންނަވާ އިންސްޕެކްޓަރ އޮފް ކަރެކްޝަންސް އަހުމަދު މުހައްމަދު ވަނީ ވިދާޅުވެފައެވެ.

މާފުށީ ޖަލުގައި ގައިދީންނާއި އޮފިސަރުންނާއި މެދު އެއްވެސް ހަމަނުޖެހުމެއް ހިނގާ އަނިޔާކުރުން ފަަދަ ކަމެއް ހިނގާފައިނުވާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލްސް ސާވިސްއިން ވަނީ ބުނެފައެވެ.

ކަރެކްޝަންސްއިން މިފަދަ ބަޔާނެއް ނެރުނީ އާދިއްތަ ދުވަހުގެގެ ވަގުތެއްގައި ކޮމިޝަނަރު އޮފް ޕްރިޒަންސް އަބްދުﷲ މުނާޒްއާއެކު ކަރެކްޝަންސްގެ އޮފިސްރުން ގައިދީން ތިބި ތަނަށް ގޮސް ކަރުނަ ގޭސް ޖަހައި ގޮޅިތަކުން ގައިދީން ނެރެ، ކުޑަކަކޫ ޖައްސާފައި ތިބި ކަމަށް ބުނާ އަޑުތައް ސޯޝަލް މީޑިއާގައި ގަަދަވެފައި ވަނިކޮށެވެ. އަދި މިދިޔަ ހުކުރު ދުވަހުން ފެށިގެން ޖަލުގައި ހަމަނުޖެހުން ހިންގާކަމުގެ އަޑުތަކެއް ވެސް ވަނީ ފެތުރިފައެވެ. ހުކުރު ދުވަހު ފެންމަތިވީ މައްސަލައާއި ގުޅިގެން މުނާޒް ހޮނިހިރު ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގައިދީން ޖަލު އޮފިސަރުން ގޯނާ ކުރަމުންދާ ކަމަށެވެ. އަދި އެފަދަ ކަންކަމަށް ފިޔަވަޅު އަޅާނެ ކަމަށް މުނާޒް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: