ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލޭގެ މޭޔަރު ކަމަށް ސަރަނގު ވާދަ ކުރައްވަނީ

މާލޭގެ މޭޔަރު ކަމަށް ސަރަނގު ވާދަ ކުރައްވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސިޓީގެ ފުރަތަމަ މޭޔަރު އަދި މާލޭ މުނިސިޕަލްޓީގެ އެންމެ ފަހުގެ ރައީސް، ސަރަނގު އާދަމް މަނިކު ވެސް ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަ ކުރައްވަން ނިންމަވައިފި އެވެ.

ޯލޯކަލް ކައުންސިލް އިންތިހާބުގެ ތައްޔާރީތަކާއި އެކު، ސަރަނގު މާލޭގެ މޭޔަރުކަމަށް ވާދަކުރައްވަން އުޅޭކަމުގެ އަޑުތަކެއް ވެސް ފެތުރިގެން ދިޔައެވެ. އެހެން ނަމަވެސް، އެފަދަ އެއްވެސް ވާހަކައެއް އޭރު އޭނާ ކަށަވަރުކޮށްދެއްވާފައި ނުވެއެވެ. އޭޕްރިލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި ސިޔާސީ ޕާޓީތަކުގެ ޓިކެޓުގައި ވާދަކުރުމަށް އެ ޕާޓީތަކުން ވަނީ ހުޅުވާލާފައެވެ.

އިލެކްޝަންސް ކޮމިޝަނުން، ރަސްމީކޮށް އިންތިހާބުގައި ވާދަކުރުމަށް ފޯމު ހުށަހެޅުމުގެ ފުރުސަތު އަދި ހުޅުވައެއް ނުލައެވެ. އިންތިހާބު ބާއްވާނެ ތާރީހެއްގެ ގޮތުގައި އީސީން ހާމަަކޮށްފައިވަނީ އޭޕްރިލް މަހުގެ 4 ވަނަ ދުވަހެވެ.

އިންތިހާބުގައި މާލެ ސިޓީގެ މޭޔަރުކަމަށް އެމްޑީޕީން ވާދަކުރައްވާކަން މިހާތަނަށް އިއުލާނުކޮށްފައިވަނީ 4 ބޭފުޅުންނެވެ. އެއީ، މިހާރުވެސް މޭޔަރު ކަމުގައި ހުންނެވި ސިފާ މުހައްމަދު އާއި، ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް އާއި، އެމްޑީޕީގެ ސެކޭޓްރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު އަދި ސަރަނގުއެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރު ކަމަށް ވާދަ ކުރައްވަން ނިންމަވާ ސަރަނގު ވިދާޅުވެފައިވަނީ އެ މަގާމަށް އަންނަން ބޭނުންފުޅުވަނީ ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ޓިކެޓުގައި ކަމަށް ވުމުން މި މަހުގެ 31 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ ޕްރައިމަރީގައި ވާދަ ކުރައްވަން ނިންމަވާފައިވާ ކަމަށެވެ. ސަރަނގު ވިދާޅުވީ، ރައްޔިތުންނަށް ހިދުމަތްކޮށް ސަރުކާރުގެ ސިޔާސަތުތައް މާލޭގެ މޭޔަރުކަމަށް ވަޑައިގެން ތަންފީޒު ކުރައްވާނެ ކަމަށެވެ.

ކައުންސިލް އިންތިހާބަށް އެމްޑީޕީން ވެސް ގިނަ ތައްޔާރީތަކެއް ވަމުން އަންނައިރު، ޕާޓީގެ ވެބްސައިޓުގައި ޕްރައިމެރީއާއި ބެހޭ މައުލޫމާތުތައް ހިއްސާކޮށް ބުނެފައިވަނީ ޕްރައިމެރީގައި ވާދަ ކުރުމަށް ފޯމް ހުށަހެޅުމުގެ ފުރުސަތު ޖެނުއަރީ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ ކަމަށެވެ. އެމްޑީޕީން ވަނީ، ކެނޑިޑޭޓުންގެ ލިސްޓު ޖެނުއަރީ 13 ގައި އިއުލާނު ކުރާނެކަން ފާހަގަކޮށްފައެވެ.

އެމްޑީޕީގެ ބަޔާނުގައި ވާގޮތުން ކައުންސިލް އިންތިހާބަށް ވާދަކުރާ ފަރާތްތަކުގެ މެދުގައި ނެގޭ ޕްރައިމެރީ ވޯޓުގައި، ވޯޓު ލެވޭ ފަރާތްތަކުގެ ލިސްޓު ޖެނުއަރީ 7 ގައި އިއުލާނު ކުރާނެއެވެ. އެއަށްފަހު ޝަކުވާ ހުށަހެޅުމަށް ތިން ދުވަހުގެ މުއްދަތެއް ލިބިގެންދާނެ ކަމަށާއި، ފައިނަލް ވޯޓާސް ލިސްޓު އާއްމު ކުރާނީ ޖެނުއަރީ މަހުގެ 15 ގައި ކަމަށެވެ. ކައުންސިލް އިންތިހާބުގައި، ވާދަ ކުރާ ފަރާތައް ވަނީ ދާއިރާގެ ކެމްޕެއިން ފަށާފައެވެ.

އެމްޑީޕީން މިދިޔަ ނޮވެމްބަރު މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޕާޓީގެ އިންތިހާބާ ބެހޭ ކޮމެޓީގެ މުގައްރިރު މުހައްމަދު އިބްރާހިމް މަނިކު ވިދާޅުވީ އެމްޑީޕީގައި ރަޖިސްޓްރީގައި 87،439 މީހުން އެބަތިބި ކަމަށެވެ. އެ އެންމެންނަކީ ވެސް ވޯޓު ލިބުނުމުގެ ހައްގު ލިބިގެންވާ މީހުންކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.

އިދިކޮޅު ކޯލިޝަނުން މާލޭގެ މޭޔަރު ކަމަށް ކުރިމަތިލައްވާނެ ކަމަށް މިހާތަނަށް ހާމަ ކުރައްވާފައި ވަނީ ކުރީގެ ހައުސިން މިނިސްޓަރު އަދި ޕީޕީއެމްގެ ނައިބު ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. ޖުމްހޫރީ ޕާޓީގައި ހުންނެވި މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހްމީ ވެސް ވަނީ މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: