ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވީއައިއޭއިން، ރާއްޖެ އެތެރެވާން މަސައްކަތް ކުރި ދެ މީހުން، އިމިގްރޭޝަނުން ހުއްޓުވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ނަކަލުކޮށްފައިވާ ކައުންޓަރފެއިޓް ރެސިޑެންޓް ކާޑު ބޭނުންކޮށް އޮޅުވާލައިގެން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްއިން ރާއްޖެ އެތެރެވާން މަސައްކަތް ކުރި ދެ މީހުން، އިމިގްރޭޝަނުން ހުއްޓުވައިފިއެވެ.

އިމިގްރޭޝަނުން ހުއްޓުވީ ދެ ބިދޭސީންކަމަށް ވާއިރު، އޭގެތެރެއިންއެކަކީ 21 އަހަރުގެ ފިރިހެނެކެވެ. ދެން ހުރި މީހާއަކީ 29 އަަހަރުގެ ފިރިހެނެކެވެ.

https://twitter.com/ImmigrationMV/status/1214092474492182528

ރާއްޖޭގެ ބޯޑަރ ސެކިއުރިޓީ ސިސްޓަމް އަޕްގްރޭޑްކުރުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރަމުންނެވެ. އެގޮތުން، މިދިޔަ 2019ވަނަ އަހަރުގެ އެޕްރިލްމަހުގެ 15ވަނަ ދުވަހު، ރާއްޖޭގެ ބޯޑަރ ސެކިއުރިޓީ ސިސްޓަމަށް ގެންނަ އަޕްޑޭޓްތަކާއެކު ރާއްޖޭގެ ވައިގެ ބަނދަރުތަކާއި ހުރިހާ ސީ ޕޯޓްތަކެއްގެ ސަލާމަތީ ކަންކަން އިތުރަށް ކަށަވަރުވެގެންދާނެކަމަށް މިނިސްޓަރ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މުޙައްމަދު މަލީޙު ޖަމާލް ވަނީ ވިދާޅުވެފައެވެ.

ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުން މިނިސްޓަރު މަލީހު ވިދާޅުވީ ރާއްޖޭގެ ބޯޑަރ ސެކިއުރިޓީ ނިޒާމުގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރުމަށް ކަމާގުޅުންހުރި ފަރާތްތަކާ މަޝްވަރާކޮށް އެކަމާއި ގުޅުންހުރި ކަންބޮޑުވުންތައް ޙިއްސާކުރުމުން އެކަމަށް އަވަސްޙައްލެއް ލިބިގެން ދިއުން އެއީ ފާހަގަ ކުރަންޖެހޭ ކަމެއްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ ރާއްޖޭގައި ބޭނުންކުރަމުން އަންނަ ހުރިހާ ހާޑްވެއަރތަކާއި ސޮފްޓްވެއަރތައް ބަދަލުވެގެން ދާނެކަމަށާ ޢާންމުންނަށްވެސް ފަސޭހަވެގެންދާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: