ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލޭގެ މަގުތަކުގައި ”ސިނގިރޭޓު“ ބޫތުތަކެއް ހަދައިގެން ނުވާނެ: އަލްހާން

ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ މަގުމަތީގައި ދުންފަތުގެ އިސްތިއުމާލު ކުރުމަށް ހާއްސަ ބޫތުތަކެއް (ކޮޓަރި) ގާއިމް ކުރުމަށްޓަަކައި އެޗްޕީއޭއާއި އެކު މަޝްވަރާކޮށްފައިވާނޭ ކަމަށް މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ޝަމާޢު ޝަރީފް ވިދާޅުވީ ވާހަކައަށް ފާޑުކިޔުންތައް އަމާޒުވާން ފަށައިފިއެވެ.

ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލު ކުރާ މީހުން މަދު ކުރުމަށްްޓަކާ ގިނަ މަސައްކަތްތަކެއް ކުރެވެމުންދަނިކޮށް ޝަމާއު ވިދާޅުވީ މާލޭގެ ކޮންމެވެސް ސަރަހައްދެއްގައި ”ސިނގިރޭޓު ބުއިމަށް“ ހާއްސަކޮށް ބޫތެއް ހެދުމަށް މަޝްވަރާކޮށްފައިވާކަމަށެވެ. މާލޭގެ މޭޔަރުކަމަށް ވާދަ ކުރައްވާނެ ކަން ވެސް އިއުލާނު ކުރައްވާފައިވާ ޝަމާއު ވިދާޅުވެފައިވަނީ މަގުމަތީ ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުމަށް ސިޓީ ކައުންސިލްއިން ނިންމާފައިވީ ނަމަވެސް، އެ ނިންނުމަށް އަމަލު ކުރުން ލަސްވަނީ ހެލްތް މިނިސްޓްރީގެ ދަށުން ހިންގަމުން ގެންދާ ޓޮބޭކޯ ބޯޑުން ނިންމަން ޖެހޭ ކަންތަކެއް ލަސްވަމުންދާތީ ކަމަށެވެ.

ދުންފަތުގެ އިސްތިއުމާލު ކުރުމަށް ޙާއްސަ ބޫތުތަކެއް ގާއިމްކުރުމަށް މަޝްވަރާކޮށްފައި ވާނޭ ކަމަށް ޝަމާއު ވިދާޅުވުމާއި ގުޅިގެން އެކަމަށް އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުކޮށްފައިވަނީ މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާނެ ކަން އިއުލާނު ކުރައްވާފައިވާ އަލްހާން ފަހުމީއެވެ. އެގޮތުން، އަލްހާން ވަނީ ޝަމާއުއަށް ރައްދު ދެއްވާ އެއީ އެއްގޮތަކަށް ވެސް ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ. އަލްހާން ވިދާޅުވީ، އޭނާއަށް ފުރުސަތު ދެއްވައިފިނަމަ ދުންފަތުގެ އިސްތިއުމާލު ކުރުމަށް ކަމަށް ބުނެ ހާއްސަ ބޫތުތަކެއް ނެހެދޭނެ ކަމަށެވެ. އަދި މާލޭގެ މަގުތަކުގައި ސިނގިރޭޓު ބުއިމަށްވެސް ހުއްދަ ނުދޭނެ ކަމަށާއި، ބޫތެއް ހަދިއިފިނަމަ އެ ބޫތުތައް ނަގާނެ ކަމަށް އަލްހާން ވަނީ ވިދާޅުވެފައެވެ.

ސިނގިރޭޓު ބުއިމަށް ހާއްސަކޮށް މާލޭގެ މަގުތަކުގައި ބޫތުތަކެއް ބަހައްޓާނެ ކަމަށް ޝަމާއު ވިދާޅުވުމާއި ގުޅިގެން އޭނާއަށް ގިނަ ބައެއްގެ ނުރުހުން ވަނީ އަމާޒުވެފައެވެ. އެގޮތުން މާލޭގައި ޕާކު ކުރާނެ ޖާގައެއް ނެތުމާއި، ޕޭވްމެންޓުވެސް ކުޑަވުމުގެ މައްސަަލަތައް ދިމާވެގެން އުޅޭއިރު އެފަދަ ބޫތެއް ހެދިގެން ނުވާނެ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އެފަދަ ބޫތުތަކުގެ ސަބަބުން، އެތަނަށް ޒުވާނުން އެއްވުމާއި ގިނަ ވަގުތު ހޭދަކޮށް ކުށްތަކަށް އަރައިގަތުމަށް މަގުފައިވާނެ ކަމަށް ގިނަ ބަޔަކު ދަނީ ބުނެމުންނެވެ.

ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ސަރަހައްދެއްގައި ދުންފަތުގެ އިސްތިއުމާލު ކުރާނަމަ 500 ރުފިޔާ އިން ޖޫރިމަނާ ކުރެވޭނެ ކަމަށް ގާނޫނުގައި ބުނެ އެވެ. އަދި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ރެސްޓޯރެންޓްތަކުގައި ދުންފަތުގެ އިސްތިއުމާލު ކުރާނަމަ ޖޫރިމަނާ ކުރުމުގެ ފުރުސަތު ވެސް ގާނޫނުގައި ދީފައިވެ އެވެ. ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނު ފާސްކުރީ 2010 ވަނަ އަހަރު އެވެ. ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓުވުމަށް ހަރުކަށި ގަވައިދެއް މީގެ ކުރިން ވަނީ ގެޒެޓްވެސް ކޮށްފަ އެވެ. އެ ގަވައިދުގެ ދަށުން މިހާރު ވަކިން ސިނގިރޭޓް ވިއްކުން ވެސް ވަނީ މަނާކޮށްފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: