ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަލަށް ހުޅުވި މިސްކިތްތަކަށް ސަޢުދީން ހަދިޔާކުރި މުސްޙަފްތައް ފޯރުކޮށްދީފި

ޝެއާރކޮށްލާ ކަހަލަދޯ؟

ސަޢުދީ ޢަރަބިއްޔާއިން ދިވެހިރާއްޖެއަށް ހަދިޔާކުރި މުސްޙަފްތައް، ރާއްޖޭގެ އެކިކަންކޮޅުތަކުގައި އަލަށް ހުޅުވުނު މިސްކިތްތަކަށް ފޯރުކޮށްދީފިއެވެ. މި މުސްޙަފްތައް ފޯރުކޮށްދީފައިވަނީ މި ރަމަޟާން މަހުގެ ކުރިން މަސައްކަތް ނިންމައި އަލަށް ނަމާދުކުރަން ފެށި މިސްކިތްތަކަށެވެ.

އިސްލާމިކް މިނިސްޓްރީން ހާމަކުރައްވާފައިވާ ގޮތުގައި މުސްޙަފް ފޯރުކޮށްދެވިފައިވާ މިސްކިތްތަކުގެ ތެރޭގައި ހއ. ދިއްދޫ އިސްލާމީ މަރުކަޒު (މަސްޖިދު ޝަހީދު ޢުމަރު އަޙްމަދު)، ޅ. ކުރެންދޫ މަސްޖިދުއް ސިއްދީޤް، ނ. މަނަދޫ މަސްޖިދުއްތަޢުބާ، ސ. މަރަދޫ މަސްޖިދު ރައްޔާން، ށ. ފޯކައިދޫ މަސްޖިދުލް ނޫރު، އަދި ޅ. އޮޅުވެލިފުށީ މަސްޖިދުލް އިޚްލާސް ހިމެނެއެވެ.

މީގެ އިތުރުން ލ. ގަމުގެ ތުނޑީ ބަނދަރު މިސްކިތާއި މަސްޖިދުލް ސަލާމް، ހއ. އިހަވަންދޫ މަސްޖިދު ޒުވައިދާ އަޙްމަދު، ހުޅުމާލެ ފޭސް 2 ގެ މަސްޖިދު އީމާން، އދ. އޮމަދޫ މަސްޖިދުލް ރަޙްމާ، ނ. ކުޑަފަރީ މަސްޖިދު މުޙައްމަދު ޤާސިމް، ނ. ކެނދިކުޅުދޫ މަސްޖިދު ޝަމީމާ ޢަބްދުﷲ އަދި މާލެ ސިޓީގައި ހުޅުވި މަސްޖިދު ޔޫސުފުލް ބަރުބަރީއަށް ވެސް ވަނީ މުސްޙަފްތައް ފޯރުކޮށްދީފައެވެ.

2025 ވަނަ އަހަރު ސަޢުދީ ޢަރަބިއްޔާއިން ވަނީ ދެބުރެއްގެ މަތިން ދިވެހިރާއްޖެއަށް ޖުމްލަ 50,500 މުސްޙަފް ހަދިޔާކޮށްފައެވެ. މި މުސްޙަފްތައް ބެހުމަށް ހަމަޖެހިފައިވަނީ ކީރިތި ޤުރުއާން ހިތުދަސްކުރާ ކުލާސްތަކަށާއި، މިސްކިތްތަކުގެ އިތުރުން އިސްލާމީ މަރުކަޒުތަކަށެވެ. މިހާރުވެސް އެކި ޤުރުއާން ކުލާސްތަކަށް މި މުސްޙަފްތައް ހަދިޔާކުރުމުގެ މަސައްކަތް ވުޒާރާއިން އަންނަނީ ކުރަމުންނެވެ.

ސަޢުދީ ޢަރަބިއްޔާއިން މިފަދަ ބޮޑު ހަދިޔާއެއް ރާއްޖެއަށް ދިނުމަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ހަރުދަނާކޮށް ދެމެހެއްޓުމަށް އެ ޤައުމުން ޚާއްސަ ސަމާލުކަމެއް ދެއްވާކަން ހާމަވެގެންދާ ކަމެއް ކަމަށް އިސްލާމިކް މިނިސްޓްރީން ފާހަގަކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: