ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީންގެ ސަލާމަތާއި މެދު ކަންބޮޑުވޭ: ޕްރޮގްރެސިވް ކޯލިޝަން

ކުރީގެ ރައީސް އަބްދުﷲ ޔާމީން : ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

މަފުށީ ޖަލުގައި ހިންގާ ހަމަނުޖެހުންތަކާއި ގުޅިގެން ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒްކުރައްވާ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ރައްކާތެރިކަމާއި މެދު ސުވާލު އުފެދޭކަމަށް ޕްރޮގްރެސިވް ކޯލިޝަނުން ބުނެފިއެވެ.

ޕީޕީއެމްއަދި ޕީއެންސީން ގުޅިގެން ނެރުނު ބަޔާނުގައި ގައިދީންގެ ހައްގުތައް ކަށަވަރުކޮށް ނުދެވޭތީ، އެކަމަށް ފާޑުކިޔުން އަމާޒުކޮށްފައިވެއެވެ.

އެ ކޯލިޝަނުންވަނީ މީގެ ކުރިންވެސް ގައިދީންނަށް އަނިޔާކުރުމުގެ މައްސަލަތައް ފެންމަތިވެފައިވާކަން ފާހަގަކޮށްފައެވެ. އެހެންނަމަވެސް އެކަންކަން އިސްލާހު ނުވެ ތަކުރާރުވާކަން ފާހަގަކޮށް، ޕްރޮގްރެސިވް ކޯލިޝަނުންވަނީ، ކޮމިޝަނަރ އޮފް ޕްރިޒަންސްއާއި ހޯމް މިނިސްޓަރ އިމްރާންގެ މައްސަލަ ތަހުގީގުކުރުމަށް ގޮވާލާފައެވެ.

ޕްރޮގްރެސިވް ކޯލިޝަނުން މިހެން ބުނެފައިވާއިރު، މާފުށީ ޖަލުގައި ހަމަނުޖެހުން ހިންގާފައި ނުވާކަމަށް ބުނެ، މޯލްޑިވްސް ކަރެކްޝަނަލަް ސާވިސް އިން އާއްމު ކުރި ބަޔާނުގައި ވާ ވާހަކަތައް ދޮގުކޮށް ޖަލު އޮފިސަރުން ބާރުގެ ބޭނުންކޮށްފައިވާކަމަށް އިންސްޕެކްޓަރ އޮފް ކަރެކްޝަންސް އަހުމަދު މުހައްމަދު ވަނީ ވިދާޅުވެފައެވެ.

މިދިޔަ ހުކުރު ދުވަހުން ފެށިގެން ޖަލުގައި ގައިދީންނަށް އަނިޔާ ކުރާ ކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ. އަސާސީ ހައްގުތަކުން މަހުރޫމް ކުރާ މައްސަލައިގައި ގައިދީން ދަނީ އަޑުއުފުލަމުންނެވެ. އެގޮތުން ރަނގަޅު ބޭސްފަރުވާއެއް ފޯރުކޮށްދީފައިނުވާކަމަށް ބައެއް ގައިދީން ވަނީ ބުނެފައެވެ.

މައްސަލަ ބަލާ ނިމެންދެން ބަންދުކޮށްފައި ބަހައްޓާފައިވާ މީހުންގެ މައްސަލަތައް ކުރިޔަށް ނުދިއުމަކީ އެންމެ ބޮޑު ކަންބޮޑުވުމެވެ. ގައިދީންނަށް އަނިޔާ ކުރާ މައްސަލައިގައި، ކަރެކްސްޝަންސް އިން ބުނެފައިވަނީ އޮފިސަރުންނަށް އަނިޔާ ކުރަނީ ގައިދީން ކަމަށެވެ.

މާފުށީ ޖަލުގެ ރިމާންޑުގައި މިހާރުވެސް ހުކުމެއް ނެތި، ޝަރީއަތް ނިމެންދެން ބަންދުގެ މުއްދަތު ޖަހާފައިވާ ދެ ހާހެއްހާ މީހުން އެބަތިއްބެވެ. މާފުށީ ޖަލުގައި އާއްމު ގޮތެއްގައި ހަމަނުޖެހުން ހިންގާ، އެ މައްސަލަ ފެންމަތިވެގެން އަންނަނީ ޔުނިޓް 4 އިންނެވެ. މި ފަހަރުވެސް، ޔުނިޓް 4 ގައި ގައިދީންނަށް އަނިޔާ ކުރި ކަމުގެ ވާހަކަތަކެއް ފެތުރި ޖަލުގެ ތެރެއިން ވީޑިއޯއެއް ވެސް އާއްމުވެގެން ދިޔައެވެ. އެ ވީޑިއޯގައި ކޮމިޝަނާރ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް ހުންނަވާތަން ފެނެެއެވެ. ގައިދީން އަތުގައި ބިޑި އެޅުވުމަށްފަހު މޫނަށް ފެން ޖަހަމުންދާ މަންޒަރު އެ ވީޑިއޯއިން ފެންނައިރު ޖަލުގެ ގޮޅިތަކުން މުނާޒް އާއި، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގެ އިސްތިއުފާއަށް ގޮވަމުންދެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: