ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވަތަނީ ޚިދުމަތުގެ ތިންވަނަ ބުރުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި!

Image: Edition.mv
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިސްނަންގަވައިގެން ފެއްޓެވި ”މޯލްޑިވްސް ނޭޝަނަލް ސާވިސް“ (ވަތަނީ ޚިދުމަތް) ޕްރޮގްރާމުގެ ތިންވަނަ ބުރުގައި ބައިވެރިވުމުގެ ފުރުސަތު ދިފާއީ ވުޒާރާއިން މިއަދު ހުޅުވާލައިފިއެވެ.

މި ޕްރޮގްރާމަކީ ދިވެހި ޒުވާނުންގެ ކިބައިގައި ގައުމިއްޔަތަށް ލޯބިކުރާ، ޒިންމާދާރު އަދި އަޚުލާގު ރަނގަޅު ހަރުދަނާ ދިވެހި ރައްޔިތުން ބިނާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު ހަރަކާތެކެވެ.

ދިފާއީ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި މި ޕްރޮގްރާމަށް ކުރިމަތިލެވޭނީ އުމުރުން 16 އަހަރާއި 28 އަހަރާ ދެމެދުގެ، ފުރިހަމަ ސިއްހަތެއްގައި ހުރި ދިވެހި ޒުވާނުންނަށެވެ. ތިންވަނަ ބެޗުގެ ތަމްރީނުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޅ. މާފިލާފުށީގައެވެ. މި ބުރުގެ ތަމްރީނުތައް ފެށުމަށް ތާވަލުކޮށްފައިވަނީ މިއަހަރުގެ މެއި މަހުގެ ފަހު ހަފުތާގެ ތެރޭގައެވެ.

މި ޕްރޮގްރާމުގެ ފުރަތަމަ ބެޗުން 344 ޒުވާނުން މިދިޔަ އަހަރުގެ ޑިސެމްބަރު 28 ގައި ދަސްވެނިވެފައިވާއިރު، އޭގެ ތެރެއިން 65 ކުއްޖަކު މިހާރު ދަނީ ބ. ކިހާދޫ ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން ސެންޓަރުގައި ފަންނީ ތަމްރީނުތައް ފުރިހަމަކުރަމުންނެވެ. މީގެ އިތުރުން، ފުރަތަމަ ބެޗުގެ ތެރެއިން ނުހޮވޭ 241 ޒުވާނުންނަށް ސަރުކާރުން ވަނީ ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދީފައެވެ.

ވަތަނީ ޚިދުމަތުގެ ދެވަނަ ބެޗުގެ ތަމްރީނުތައް މިހާރުވެސް ބާރުސްޕީޑުގައި ކުރިއަށްދާއިރު، މި ޕްރޮގްރާމަކީ ޒުވާނުން މަސައްކަތުގެ މާހައުލަށް އަހުލުވެރިކުރުވައި، ހުރިހާ ގޮތަކުން ދުޅަހެޔޮ ޖީލެއް ބިނާކުރުމަށް ރައީސް މުއިއްޒު މުޅިން އަލަށް ފެއްޓެވި މަސައްކަތެކެވެ.

މި ޕްރޮގްރާމުގައި ބައިވެރިވާން އެދޭ ޒުވާނުން، ބައިވެރިވުމަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު applyfor.mns@defence.gov.mv އަށް އީމެއިލް ކުރުމަށް ނުވަތަ ސަރުކާރު ބަންދު ނޫން ދުވަސްތަކުގައި ދިފާއީ ވުޒާރާއަށް ހުށަހެޅުމަށް އެ ވުޒާރާއިން ވަނީ އެދިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: