ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނިސްޓަރ ޝާހިދުގެ ފުރަތަމަ އަހަރު ދަތުރުތަކަށް ޚަރަދުވީ 2.8 މިލިއަން ރުފިޔާ، ބޭރުގެ ހިލޭ އެހީގެ ގޮތުގައި 3.21 ބިލިއަން ރުފިޔާ ލިބުނު

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު، 2018 ނޮވެމްބަރު 17 އިން 2019 ނޮވެމްބަރު 17 އަށް ކުރެއްވި ރަސްމީ ދަތުރުފުޅުތަކާއި، ދަތުރުފުޅުތަކުގެ ޚަރަދުގެ ތަފްސީލް ހޯދުމަށް ދިވެހި ރައްޔިތަކު، މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ހައްޤުގެ ދަށުން ހުށަހެޅުއްވުމާއި ގުޅިގެން، އެމައުލޫމާތު އޭނާ އާ މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްއިން ހިއްސާކުރައްވައިފިއެވެ.

2018 ނޮވެމްބަރު 17 އިން 2018 ޑިސެމްބަރު 31 އަށް މިނިސްޓަރ ޝާހިދު ރަސްމީ 2 ދަތުރުފުޅެއް ކުރައްވާފައިވާއިރު، މި ދެ ދަތުރުފުޅުގެ ޖުމްލަ ޚަރަދެއް ގޮތުގައި ހިނގާފައިވަނީ 194،590.40ރ އެވެ. އަދި 2019 ވަނަ އަހަރު ޖެނުއަރީ 1 އިން 2019 ނޮވެމްބަރު 17 އަށް މިނިސްޓަރ ޝާހިދު ކުރެއްވި 18 ދަތުރުފުޅަކަށް ޖުމްލަ 2،646،289.14ރ ވަނީ ޚަރަދުވެފައެވެ.

އެހެންކަމުން ވަޒީރުކަމާއި ހަވާލުވެވަޑައިގެންނެވި 1 އަހަރު ތެރޭގައި، މިނިސްޓަރ ޝާހިދު ކުރައްވާފައިވާ ޖުމްލަ 20 ދަތުރުފުޅަކަށް ޚަރަދުވެފައިވަނީ 2،840،879.54ރ އެވެ.

މިނިސްޓަރ ޝާހިދުގެ މިދަތުރުފުޅުތަކަކީ އެކިއެކި ޤައުމުތަކުގެ ޚާރިޖީ ވަޒީރުންނާއި ބައްދަލުކުރެއްވުމަށް އެޤައުމުތަކަށް ކުރެއްވި ބައިލޭޓަރަލް ދަތުރުފުޅުތަކަކާއި، ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ އެކި ޖަމްއިއްޔާ ޖަމާޢަތްތަކުގެ ހައި-ލެވެލް ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅުތަކުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ބައެއް ޤައުމުތަކަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުތަކުގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅުތަކެކެވެ.

މިނިސްޓަރ ޝާހިދުގެ މި ދަތުރުފުޅުތަކުގެ ސަބަބުން ބައިނަލްއަޤްވާމީ މުޖްތަމައާއި ދިވެހިރާއްޖެއާއި އޮންނަ ގުޅުން ބަދަހި، ދޭދޭ ގުޅުންތައް ވަރުގަދަވެ، ބައިނަލްއަޤްވާމީ މަސްރަހުގައި ދިވެހިރާއްޖޭގެ ހައްޤު މަޤާމް ދިވެހިރައްޖެއިން މިއަދު ހޯދާފައިވާ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި މި ގުޅުންތަކާއިއެކު، ދިވެހިރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި އެމުއްދަތުގެ ތެރޭގައި ހެޔޮއެދޭ ބައެއް ޤައުމުތަކުން، ހިލޭ އެހީގެ ގޮތުގައި 3.21 ބިލިއަން ރުފިޔާ ރާއްޖެއަށް ދީފައިވާކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙް 2019 ވަނަ އަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ފާހަގަކުރެއްވިއެވެ.

ހަމައެއާއިއެކު އަބޫދާބީން 2019 ވަނަ އަހަރު ދިވެހިރާއްޖެއަށް ދިނުމަށް ނިންމާފައި އޮތް 25 މިލިއަން ޑޮލަރު، 50 މިލިއަން ޑޮލަރަށް ހިލޭ އެހީގެ ގޮތުގައި ބަދަލުކޮށްދެއްވި ވާހަކަ ފޮރިން މިނިސްޓަރ ޝާހިދު އެދުވަހުގެ އިރު އޮއްސުނު ވަގުތު ފޯނުން ގުޅުއްވައި، ދެންނެވި ވާހަކަވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އެރޭ ފާހަގަކުރެއްވިއެވެ. އެ އެހީގެ އެއްބަސްވުމުގައި ސޮއިކުރުމުގެ މަރުޙަލާ މިނިސްޓްރީ އޮފް ފިނޭންސް އިން މިހާރު ކުރިއަށް އެބަ ގެންދަވައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: