ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެ އިންތިޚާބު އެއްދުވަހަކަށް ބަދަލު ކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ފިތުނައިން ސަލާމަތްވުން: ނަސީރު

ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ދެ އިންތިޚާބު އެއްދުވަހަކަށް ބަދަލު ކުރުމުގެ އެންމެ ބޮޑު ސަބަބަކީ އިންތިޚާބުތައް ކައިރިކައިރީގައި އޮތުމުން އުފެދޭ ފިތުނަވެރިކަމުން ސަލާމަތްވުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު އަހްމަދު ނަސީރު ވިދާޅުވެއްޖެއެވެ

. ނަސީރު މިހެން ވިދާޅުވީ ”ދިވެހީންގެރާއްޖެ“ ޕްރޮގްރާމުގައި ރެފަރެންޑަމް ވޯޓާ ގުޅިގެން ސިޔާސީ ނިޒާމަށް އަންނާނެ ބަދަލުތަކާ ބެހޭގޮތުން ވާހަކަދައްކަވަމުންނެވެ.

މެންބަރު ނަސީރު ފާހަގަކުރެއްވި ގޮތުގައި އިންތިޚާބުތަކުގެ ސަބަބުން އުފެދޭ ސިޔާސީ ހަލަބޮލިކަމުގެ ތެރެއިން އެއްބަނޑު އެއްބަފާ މީހުންނާއި ދެމަފިރިންގެ ދޭތެރޭގައި ވެސް ބޮޑެތި މައްސަލަތައް ޖެހެމުންދެއެވެ. މިކަމަށް އޮތް ހައްލަކީ އިންތިޚާބުތައް މަދުކޮށް، ދެ އިންތިޚާބު އެއްކޮށް ބޭއްވުން ކަމަށް އޭނާ ވިދާޅުވިއެވެ.

 ”އެއްބަނޑު އެއްބަފާ މީހުންނާއި ދެމަފިރިންގެ ދޭތެރޭގައި ބޮޑެތި މައްސަލަތައް ޖެހޭ، މިހުރިހާ ކަމަކަށް ޙައްލެއް އަންނާނީ އިންތިޚާބުތައް މަދުކޮށް ދެއިންތިޚާބު އެއްކޮށްބާއްވާ އަދި އިންތިޚާބަށް ކުރަންޖެހޭ ހޭދަ ވަކި މިންގަނޑަކަށް ގެނެސްގެން،“ ނަސީރު ވިދާޅުވިއެވެ.

ނަސީރުގެ ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު އެންމެ ބޮޑަށް ބޭނުންފުޅުވީ ގައުމަށް ސިޔާސީ ހަމަޖެހުން ގެނައުމަށްކަން ފާހަގަކުރެއްވިއެވެ. މިހާރު ސިޔާސީ މަސްރަހުގައި އޮތް ކޯޅުމުގެ ސަގާފަތުގެ ބަދަލުގައި، މާތް އަޚުލާގެއްގެ މަތީގައި ސިޔާސީ މަސައްކަތްތައް ބައްޓަންކުރުމަކީ ރައީސްގެ އަމާޒެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، މިހާރު އޮތް ނިޒާމުގެ ސަބަބުން އެކަކު އަނެކަކަށް ބުލީކުރުމާއި، ޒުވާބުކުރުމާއި، ވެރިން ޖަލަށްލުން ފަދަ ކަންކަމަކީ ދިވެހިންނަށް ނުތަނަވަސްކަން ގެނުވާ ކަންކަން ކަމަށް ނަސީރު ވިދާޅުވިއެވެ. ނަމަވެސް ޕީއެންސީގެ ތެރޭގައި އެކަކު އަނެކަކަށް ބަދުބަސް ބުނުމުގެ ސިޔާސަތެއް ނޯންނާނެ ކަމަށާއި، އިދިކޮޅު ފަރާތްތަކަށް ބަސްބުނާއިރު ވެސް އަޚުލާގީ މިންގަނޑުތަކުން ބޭރުނުވާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.

ނަސީރު ވިދާޅުވީ ރެފަރެންޑަމް ވޯޓާ ގުޅިގެން އަންނާނެ އެންމެ ބޮޑު ބަދަލަކީ ރައްޔިތުންގެ ހަމަޖެހުން ކަމަށެވެ. އަދި ގައުމުގެ މުސްތަގުބަލަށްޓަކައި އެޅޭ އެންމެ ރަނގަޅު ފިޔަވަޅަކީ ދެ އިންތިޚާބު އެއްކޮށްލުން ކަމަށް ވިދާޅުވެ، އޭޕްރިލް މަހުގެ ހަތަރުވަނަ ދުވަހު ނަގާ ވޯޓުގައި ދެ އިންތިޚާބު އެއްކޮށް ބޭއްވުމަށް ’އާއެކޭ‘ ބުނުމަށް އޭނާ ވަނީ ރައްޔިތުންނަށް ގޮވާލައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: