ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރާ ހުކުމަކުން ދައްކަން ޖެހޭ ފައިސާ ދެން ކޮންމެ ކޯޓަކަށް ވެސް ދެއްކޭނެ!

ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ކޯޓުތަކުން ކުރާ ހުކުމްތަކާއި އަމުރުތަކުގެ ދަށުން ދައްކަން ޖެހޭ ފައިސާ ރާއްޖޭގެ ކޮންމެ ކޯޓަކަށް ވެސް ދެއްކޭނެ ގޮތް ހަދައިފިއެވެ.

ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން މިއަދު ނެރުނު ސާކިއުލާއެއްގައި ބުނީ ކޯޓުތަކާއި އެ ކޯޓުތަކުގެ ބްރާންޗްތަކުން ކުރާ ހުކުމްތަކާއި އަމުރުތަކާއި އެންގުންތަކާއި ޗިޓްތަކުގެ ދަށުން ދައްކަން ޖެހޭ ފައިސާ އެ ޑިޕާޓްމަންޓަށާއި ރައްޖޭގެ ކޮންމެ ކޯޓަކަށް ވެސް ދެއްކޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.

މިގޮތަށް އަމަލުކުރަން ފަށާނީ އަންނަ އާދީއްތަ ދުވަހުން ފެށިގެން ކަމަށްވާއިރު، އެ ދުވަހުން ފެށިގެން ފައިސާ ދެއްކީ އެ ފައިސާ އަސްލު ލިބެންވީ ކޯޓު ނުވަތަ ބްރާންޗަށް ކަމަށް ނުވި ނަމަވެސް، އެ ފައިސާއެއް ދެއްކީ ކަމުގައި ބަލައި އެ ފަރާތަކަށް ދޭންޖެހޭ ހިދުމަތް ދިނުމަށް ޑީޖޭއޭ އިން ބުނެއެވެ.

މީގެ ކުރިން ފައިސާ ދައްކަން ޖެހެނީ އެ ހިދުމަތް ހޯދާ ނުވަތަ އެ ފައިސާއެއް ދައްކަން ހުކުމް ކުރާ ޝަރުއީ ކޯޓަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: