ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”ހަތިޔާރު ތޫނު“ ކޮށްގެން މަގުމައްޗަށް ނިކުމެ ސަރުކާރު ވައްޓާލަން ގޮވާލީ މަޒާޖީ ގޮތަކަށް: ލަތީފް

ހަތިޔާރު ބޭނުންކޮށްގެން ސަރުކާރު ވައްޓާލުމަށް ވިދާޅުވި ވާހަކަ ލަތީފް ދިފާއު ކުރައްވައިފި
ޝެއާރކޮށްލާ ކަހަލަދޯ؟

”ހަތިޔާރު ތޫނުކޮށްގެން“ ސަރުކާރު ވައްޓާލުމަށް ގޮވާލި ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއް ލަތީފް އޭނާ ދެއްކެވި ވާހަކަތައް ދިފާއު ކުރައްވައިފިއެވެ.

ޕީޕީއެމް، ޕީއެންސީއިން ޕާޓީގެ އޮފީހުގެ މީޓިން ރޫމްގައި ސިލްސިލާކޮށް ބާއްވަމުން ގެންދާ ބައްދަލުވުމުގައި ލަތީފް ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފައެވެ.

މީގެ ހަފްތާއެއް ހާ ދުވަސް ކުރީން އިދިކޮޅު ކޮންގްރެސް ކޯލިޝަނުން ބޭއްވި ބައްދަލުވުމުގައި ލަތީފް ދެއްކެވި ވާހަކައިގެ ވީޑިއޯއެއް ސޯޝަލް މީޑީއާގައި ވަރަށް ބޮޑަށް އާއްމުވެގެން ދިޔައެވެ. އަދި ތޫނު ހަތިޔާރު ބޭނުންކޮށްގެން ސަރުކާރު ވައްޓާލުމަށް ނިކުތުމަށް ރައްޔިތުންނަށް ގޮވާލާފައިވާތީ އެއީ ޓެރަރިޒަމްގެ އަމަލެއްގެ ގޮތުގައި ސިފަކޮށް ގިނަ ބަޔަކު ވަނީ ލަތީފް ހައްޔަރު ކުރުމަށް ވެސް ގޮވާލާފައެެވެ.

ސަރުކާރު ވައްޓާލުމަށް ގޮވާލާ، މަގުމަތީ ހަރަކާތަށް ނިކުތުމަށް ދެއްކެވި ވާހަކަތައް ދިފާއު ކުރައްވާ ލަތީފް ވިދާޅުވީ، ”ހަތިޔާރު ތޫނު“ ކުރުމަށް ގޮވާލީ މަޒާޖީ ސިފައެއްގައި ކަމަށެވެ. ލަތީފް ވިދާޅުވީ އެރޭގެ ޖަލްސާގައި އެއްގޮތަކަށް ވެސް އޭނާ ހަތިޔާރު ބޭނުންކޮށް، މާރާމާރީ ހިންގާ ސަރުކާރު ވައްޓާލުމަށް ގޮވާ ނުލާ ކަމަށެވެ.

ގާނޫނީ އިމުގެ ތެރެއިން ކުރެވެން ހުރި މަސައްކަތްތައް ކޮށް ސަރުކާރު ބަދަލު ކުރުމަށް އަބަދުވެސް ގޮވާލާނެ ކަމަށް ލަތީފް ވަނީ ވިދާޅުވެފައެވެ. ލަތީފް ވިދާޅުވީ ހަތިޔާރުގެ މާނައަކީ އެއްގޮތަކަށް ވެސް ”ކެމިކަލް ހަތިޔާރު“ އެއް ނޫން ކަމަށެވެ. އަދި މީހުން ހަތިޔާރު ތޫނު ކުރުމަށް ގޮވާލަނީ މަޒާޖީ ސިފައެއްގައި ކަމަށް ލަތީފް ވަނީ ވިދާޅުވެފައެވެ. އެހެން ނަަމަވެސް ރޭގެ ޖަލްސާގައި ވެސް ލަތީފް ވިދާޅުވީ ޕީޕީއެމް، ޕީއެންސީ މެމްބަރުން އެންމެން އެކައްޗެއް ކިޔާ ސަރުކާރާއި ދެކޮޅަށް މަސައްކަތް ކުރަންޖެހިފައިވާ ކަމަށެވެ.

”މާދަމާ ބުނާނެ އޭ ކަމަރުތަކެއްގެ ވާހަކަ ދައްކައިފިޔޭ. ކޮން ކަމަރުތަކެއް ހެއްޔޭ؟ މިއީ ދިވެހި ބަހުގައި މަޖާޒީ ގޮތެއްގައި ބޭނުން ކުރާ ބަސްބަސް. ކަމަރު ބަނދެލައިގެން އެކައްޗަކަށްވެގެން ނިކުންނަން ވީ. އެއްގޮތަކަށްވެސް މިކިޔަނީ ކެމިކަލް ހަތިޔާރު ވާހަކައެއް ނޫން. ބަޑިއާ ލޮންސި އާ ކަތިވަޅި ވާހަކައެއް ނޫން މި ދައްކަނީ،“ ލަތީފް

ލަތީފް ވިދާޅުވީ އިދިކޮޅަކީ އެއްގޮތަކަށް ވެސް މީހަަކަށް އަނިޔާ ދިނުމަށް ހިއްވަރު ދޭނެ ބައެއް ނޫން ކަމަށެވެ. އަދި އޭނާގެ ވާހަކައިގައިވެސް މީހަކަށް ނުވަތަ ބަޔަކަށް ގެއްލުން ދިނުމަށް ގޮވާލާފައި ނުވާނެ ކަމަށެވެ. އޭނާ ގޮވާލީ، ސަރުކާރު ”ސައިޒަށް ތިރިކުރަން“ ކަމަށް ވެސް ލަތީފް ވަނީ ވިދާޅުވެފައެވެ. އަދި ގާނޫނީ އިމުގެ ތެރެެއިން ވެރިިކަމެއް ބަދަލު ކުރުމަށް ފަސް ނުޖެހޭނެ ކަމަށް ލަތީފް ވިދާޅުވިއެވެ.

ލަތީފް ވިދާޅުވީ މި ސަރުކާރުގައި ހިންގުންތެރިކަމެއް އަދި ގާބިލުކަމެއް ވެސް ނެތް ކަމަށާއި އެކަން އެގޮތައް ވަނީ ނާގާބިލު ވެރިއަކާ ގައުމު ހަވާލު ކުރުމުން ކަމަށެވެ. އަދި ގައުމު އެފަދަ ބައެއްގެ އަތަށް ދީގެން އަބަދު ނުތިބޭނެ ކަމަށާއި ސަރުކާރު ”ކުދިކޮށް ކޮށައިގެން“ އަނބުރާ ހޯދާނެ ކަމަށް ލަތީފް ވިދާޅުވި އެވެ. ލޯކަލް ކައުންސިލް އިންތިހާބަށް އިޝާރާތް ކުރައްވާ ލަތީފް ވިދާޅުވީ މި އަނދިރިކަން ފިލުވާލެވޭނީ  ލޯކަލް ކައުންސިލް އިންތިބު ކާމިޔާބު ކުރެވިގެންކަމަށެވެ.

މީގެ އިތުރުން ލަތީފް ވިދާޅުވީ ގައުމަށް ހެޔޮ ބަދަލެއް ގެންނާނެ ވެރިއެއް މިއަދު ނެތްކަމަށެވެ. މިތިބީ މާޔޫސްކަމެއްގެ ތެރޭގައި ކަމަށާއި، މި ސަރުކާރުން ރައްޔިތުންނަށް ޖައްސާ ތުރާލާއި ޖެއްސުމުން ސަލާމަތްކޮށްދެވޭނީ ހަމައެކަނި ރައީސް ޔާމީނަށް ކަމަށް ލަތީފް ވިދާޅުވިއެވެ.

18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރުކަން ކުރެއްވި ލަތީފްއަކީ ރައީސް ޔާމީން، ރައްޔިތުންގެ މަޖިލީސް ކޮންޓްރޯލް ކުރައްވާ ކަމުގެ ތުހުމަތާ އެކު އެމަނިކުފާނާ ދެކޮޅަށް ނުކުމެވަޑައިގެން އޭރުގެ އިދިކޮޅު ފަރާތްތަކާ އެކު މަސައްކަތް ފެއްޓެވެމުން ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައެޅި 12 މެމްބަރުންގެ ތެރެގައި ހިމެނޭ މެމްބަރެކެވެ.

އޭރު ލަތީފްއަށް މަޖިލީހަށް ނުވަދެވި ދޮޅު އަހަރެއްހާ ދުވަސްވަންދެން އުޅުއްވަންޖެހުނެވެ. އެހެން ނަމަވެސް 19 ވަނަ ރައްޔިތުންގެ މަޖިލީހަށް އިތުރު ދައުރަކަށް އޭނާ ކުރިމަތިލުމުންވެސް ވަނީ ނާކާމިޔާބު ވެ ވަޑައިގެންފައެވެ. ގިނަ ދުވަސްތަކަށް ފަހު ލަތީފް އަޑު ނީވި ދިޔަނަމަވެސް އޭނާ ކުއްލި ގޮތަކަށް ފެނިގެން ދިޔައީ ޕްރޮގްރެސިވް ކޯލިޝަންއިން މިދިޔަ އަހަރުގެ ފަހު ކޮޅު ބޭއްވި ”ކޮބާ ނުވިއެއް ނު“ ޖަލްސާގެ ތެރެއިންނެވެ. އެރޭގެ ޖަލްސާގައި ވެސް ރައީސް ޔާމީނަށް ތައުރީފް ކުރައްވާ ލަތީފް ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: