ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގައި ދެ ދައުރެއް ކާމިޔާބު ކުރާނެ ފުރަތަމަ ވެރިއަކީ ރައީސް މުއިއްޒު: ސަލީމް

އޭދަފުށީ ދާއިރާ އަހުމަދު ސަލީމް --- ފޮޓޯ: ޕީއެންސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ސިޔާސީ ތާރީޚުގައި ވެރިކަމުގެ ދެވަނަ ދައުރެއް ކާމިޔާބު ކުރައްވާނެ ފުރަތަމަ ރައީސަކީ ޑރ. މުޙައްމަދު މުއިއްޒު ކަމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަޙުމަދު ސަލީމް ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ މައްޗަންގޮޅި އުތުރު ދާއިރާގެ ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން ސަލީމް ވިދާޅުވީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުވެސް ކާމިޔާބު ކުރާނީ ޕީއެންސީން ކަމަށެވެ.

ލާމަރުކަޒީ ނިޒާމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ސަލީމް ވިދާޅުވީ އެއީ އެމްޑީޕީގެ ނިޒާމެއް ކަމަށް އެ ޕާޓީން ބުނަމުން އައި ނަމަވެސް، އެއީ ޙަޤީޤަތެއް ނޫން ކަމަށެވެ. އެއީ ރައީސް މައުމޫނުގެ ވެރިކަމުގައި ފެށުނު މަސައްކަތެއް ކަމަށާއި، ލާމަރުކަޒީ ނިޒާމުގެ ނަންވެސް އައީ އެ ދުވަސްވަރު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަދި އެމްޑީޕީން މަސައްކަތް ކުރީ އެ ނިޒާމު ފުނޑާލައި ޕްރޮވިންސްތަކެއް ހަދަން ކަމަށްވެސް ސަލީމް ތުހުމަތު ކުރެއްވިއެވެ.

ސަލީމް ވިދާޅުވީ، އެކި ރައީސުންނާއެކު މަސައްކަތް ކުރެވުނު އިރު، ރައްޔިތުންގެ ކަންކަން އެހާ ގާތުން ބައްލަވާ ބޭފުޅަކަށް ފެނިވަޑައިގަތީ ރައީސް މުއިއްޒު ކަމަށެވެ.

”މިއީ ރައީސް އަށް ހުޝާމަދު ކުރަން ދައްކާ ވަހަކައެއް ނޫން. އަޅުގަނޑުމެންނަށްވެސް އެކި ވެރިންނާއި ވަރަށް ގާތުގައި މަސައްކަތް ކުރެއްވިއްޖެ. އެހެންވެ އެމީހުންގެ ވިސްނުމާއި ހިޔާލާއި، ފިކުރާ ތަބީއަތް ވަރަށް ރަނގަޅަށް އެނގޭތީ މި ބުނަނީ،“ ސަލީމް ވިދާޅުވިއެވެ.

ސަލީމް އިތުރަށް ވިދާޅުވީ ރާއްޖޭގައި މިހުރި ހުރިހާ ނިޒާމެއް އެންމެ ރަނގަޅަށް ކުރިއަރުވާނެ ރައީސަކީ ރައީސް މުއިއްޒު ކަމާމެދު ޝައްކެއް ނެތް ކަމަށެވެ. އަދި މި ނިޒާމު އެންމެ ރަނގަޅަށް ކުރިއަރުވާނެ ޕާޓީއަކީ ޕީއެންސީ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ދެ އިންތިޚާބު އެކީގައި ބޭއްވުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ސަލީމް ވިދާޅުވީ، އެމްޑީޕީން އެންމެ ފުރަތަމަވެސް ބޭނުންވީ ރައީސް އަޒުލުކުރަން ކަމަށެވެ. ނަމަވެސް އެކަން ނާކާމިޔާބުވީ ޕީއެންސީއަށް މެންބަރުން ގުޅުމުން ކަމަށާއި، އެމްޑީޕީން އުޅެނީ ހުރިހާ ކަމެއް އޮޅުވާލައިގެން ދޮގު މަޢުލޫމާތު ފެތުރުމަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: