ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނައީމާގެ މަރު: ސިއްހީ ހާލަަތު ގޯސްވުމުން، ޝަރުތުތަކާއި އެކު ފަވާޒް ބަންދުން ދޫކޮށްލައިފި

ޙަސަން ފަވާޒް
ޝެއާރކޮށްލާ ކަހަލަދޯ؟

ނ. މަނަދޫ، އަންނާރުމާގޭ ނަޢީމާ މޫސާ މަރާލި މައްސަލާގައި ދަޢުވާ އުފުލާފައިވާ ނ. މަނަދޫ، ވިނަރެސް، ޙަސަން ފަވާޛްގެ ޞިއްޙީ ޙާލަތާ ގުޅިގެން، އޭނާގެ ބަންދަށް ލުއި ދިނުމަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ، ކޯޓުން ފަވާޒްގެ ބަންދަށް ލުއިދީފައި ވަނީ މިއަދު ކަމަށެވެ.

ނައީމާގެ މަރުގެ މައްސަލައިގައި ފަވާޒްގެ މައްޗަށް އުފުލާފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއާއި، އަދުލުއިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާގެ އިތުރުން، މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ކުށުގެ ދައުވާ އެވެ.

އޭނާގެ މައްޗަށް ދައުވާ އުފުލައި ކޯޓަށް ހުށަހެޅީ 2023، ނޮވެމްބަރު 30 ގައެވެ.

މި މައްސަލައިގެ ތަހުގީގު މަރުހާލާއިން ފެށިގެން ފަވާޒް ހުރީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުން ކަރެކްޝަނަލް ސަވިސްގެ ބެލުމުގެ ދަށުގައި ޖަލު ބަންދުގައެވެ. ނަމަވެސް، އޭނާގެ ސިއްހީ ހާލަތު ހުރިގޮތުން ޖަލުގައި އެކަށީގެންވާ ފަރުވާ ދިނުމަށް ހުރަސްއެޅޭކަމަށް ކަރެކްޝަންސްއިން މިދިޔަ ހަފްތާގައި ޕީޖީ އޮފީހަށް އެންގީ އެވެ.

އެހެންވެ ބަލި ހާލަތަށް ރިއާޔަތްކޮށް ފަވާޒްގެ ބަންދަށް ލުއި ދިނުމަށް އެދިފައި ވަނީ ގާނޫނުއަސާސީން ކޮންމެ މީހަކަށް ލިބިދީފައިވާ ދިރިހުރުމުގެ ހައްގު ރައްކާތެރިކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުންކަމަށް ޕީޖީ އޮފީހުން ބުނެ އެވެ.

ޝަރުތު ކުރުމަށް ފަހު ފަވާޒް ބަންދުން ދޫކޮށްލި އިރު އޭގެ ތެރޭގައި ހިމެނެނީ އެއްވެސް ކުށަކަށް އަރައިނުގަތުމާއި، ކޯޓަށް ގަޑިއަށް ހާޒިރުވުން އަދި ބޭސްފަރުވާއަށް ފިޔަވައި ރޭގަނޑު 18:00 އިން ހެނދުނު 08:00 އަށް ގެއިން ބޭރަށް ނުނިކުތުން އަދި ކޮންމެ ދުވަހަކު ފުލުހަށް ހާޒިރުވެ ސޮއި ކުރުމެވެ. މިއާއި އެކު ހެކިންނާއި އެއްވެސް މުއާމަލާތެއްކޮށްގެން ނުވާނެކަމަށް ވެއެވެ.

މީގެއިތުރުން ފަވާޒް މާލެއިން ބޭރަށް ދިއުން ވަނީ މަނާކޮށްފަ އެވެ. ބަންދުން ލުއި ދީފައި ހުންނަ ދުވަސްތަކުގައި އޭނާ ކޮންމެ 15 ދުވަހަކުން ފަރުވާގެ ލުޔެކިއުންތައް ހުށަހެޅުމަށް ކޯޓުން ވަނީ އަންގާފަ އެވެ.

ޕީޖީ އޮފީހުން ބުނީ، ފަވާޒް އެއްވެސް ޝަރުތަކާއި ހިލާފުވެއްޖެނަމަ، އޭނާ އަލުން ޖަލު ބަންދަށް ބަދަލުކުރުމަށް ކޯޓުގައި އެދޭނެ ކަމަށެވެ. އަދި އޭނާ ޝަރުތުތަކަށް އަމަލުކުރޭތޯ ފުލުހުންނާއި ކަރެކްޝަންސްއިން މޮނިޓަރ ކުރަމުންދާނެކަމަށް ވަނީ ބުނެފަ އެވެ.

މި މައްސަލައިގެ އަޑުއެހުންތަކުގެ ބޮޑުބައެއް ނިމިފައިވާއިރު، ނައީމާ މަރާލުމަށް ރާވައި އެކަމަށް ހިތްވަރާއި އިރުޝާދުދީ، ހުރިހާ އިންތިޒާމްތަކެއް ހަމަޖައްސައި ދިނީ ފަވާޒްކަމަށް ދައުލަތުން ވަނީ ޝަރީއަތުގައި ބުނެފަ އެވެ.

ނައީމާ މަރާލި މައްސަލައިގައި ދައުލަތުން ދައުވާކޮށްފައި ވަނީ މަނަދޫއަށް ނިސްބަތްވާ ތިން ޒުވާނުން ކަމަށްވާ އަބްދުލްވާހިދު ރިފާސް އާއި އަހުޒަމް އަބްދުއްޝުކޫރާއި ފަވާޒްގެ މައްޗަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: