ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޯޕެކް ފަންޑުން ރާއްޖެއަށް 50 މިލިއަން ޑޮލަރު ލޯން އެހީ!

އެއްބަސްވުމުގައި ސޮއި ކުރުމަށް ބެއްވި ރަސްމިއްޔާތުގެ ތެރެއިނ ----
ޝެއާރކޮށްލާ ކަހަލަދޯ؟

އޯޕެކް ފަންޑް ފޯ ޑިވަލޮޕްމަންޓް (އޮފިޑް) އިން 50 މިލިއަން ޑޮލަރުގެ ލޯނެއް މިއަދު ދީފި އެވެ.

މިއަދު އޮތް ހާއްސަ ރަސްމިއްޔާތެއްގައި، ފެނާއި ނަރުދަމާ ގާއިމްކޮށް ބަނދަރު ހަދަން ދިން މި ލޯންގެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ. އަދި އޯޕެކް ފަންޑުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ޑިރެކްޓަރު ޖެނެރަލް ޑރ. އަބްދުލް ހަމީދު އަލް ހަލީފާ އެވެ.

އޯޕެކުން މި ލޯނު ރާއްޖެއަށް ދިނީ 4.5 އިންސައްތައިގެ އިންޓްރެސްޓެއް ދައްކާ 20 އަހަރުތެރޭގައި އަބުރާ ދައްކާގޮތަށެވެ. ލޯނުގެ ގްރޭސް ޕީރިއެޑެއްގެ ގޮތުގައި ދީފައިވަނީ 5 އަހަރެވެ.

އޯޕެކް ފަންޑުގެ ލޯނުގެ ފައިސާ ހޭދަ ކުރާނީ ފެނާއި ނަރުދަމާ އަދި ބަނދަރު ހެދުމުގެ މަޝްރޫއު ތަކެއް ހިންގާށެވެ.

އެގޮތުން، މި ލޯނުގެ ތެރެއިން ބަނދަރު ހަދާ ރަށްތަކުގެ ތެރޭގައި ހިނެނެނީ ބ. ކުޑަރިކިއްޔާއި ބ. ދޮންފަނާއި ބ. ކެންދޫ އާއި ގއ. ކޮލަމާފުއްޓާއި ގދ. ހޯނޑެއްދޫ އެވެ. އަދި ފެނާއި ނަރުދަމާ ގާއިމް ކުރާ ރަށްތަކުގެ ތެރޭގައި ހިމެނެނީ ހދ. ނެއްލައިދޫ އާއި ހދ. ނޭކުރެންދޫ އާއި ހދ. މަކުނުދޫ އާއި ށ. ފޭދޫ އާއި ގދ. ވާދޫ އާއި ގދ. ފިއޯރީ އާއި އަދި ބ. ކެންދޫ އާއި ދަރަވަންދޫ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: