ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގެ ޑޭޓާ ސެންޓަރަކީ އައިއެސްއޯ ސެޓިފައިޑް ތަނަކަށް ހެދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން – މަލީހު ޖަމާލު

މަލީހު ޖަމާލް - ކޮމިއުނިކޭޝަން މިނިސްޓަރ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ޑޭޓާ ސެންޓަރަކީ އައިއެސްއޯ ސެޓިފައިޑް ތަނަކަށް ހެދުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށް، މިނިސްޓަރ އޮފް ކޮމިޔުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މުޙައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

މަލީހު މިހެން ވިދާޅުވީ، ޓީވީ ޕްރޮގުރާމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިނިސްޓަރ ވިދާޅުވީ، ޑޭޓާ ބެކަޕް ކުރެވޭނެ ގޮތް ތަޢާރަފްކޮށްފައިވާއިރު ޑޭޓާ މެނޭޖްކުރާގޮތާއި، އެކްސެސް އޮންނަ ގޮތުގެ މަސައްކަތްތައްވެސް ކުރެވިފައިވާކަމަށެވެ.

މިނިސްޓަރ މަލީހް ވިދާޅުވީ، ކޮންމެ އިންތިޚާބާކާ ދިމާކޮށް އައިޑީކާޑުގެ ދަފްތަރު ލީކުވާ މައްސަލަތަކެއް ފެންމަތިވުމާއިއެކު އެންސީއައިޓީއަށް ގިނަ ތުހުމަތުތަކެއް ކުރިމަތިވިކަމަށާއި އެހެންކަމުން ރައްޔިތުންގެ އިތުބާރުވެސް ގެއްލިފައިވާކަމަށެވެ.

ނަމަވެސް އެ އިތުބާރު ދެމެހެއްޓުމަށްޓަކާ ވަރަށް މުހިންމު ގިނަ މަސައްކަތްތަކެއް މިހާތަނަށް ކުރެވިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ސަރުކާރުގެ އޮފީސްތަކުގެ ޑޭޓާގެ ރައްކާތެރިކަން މިހާރަށް ހަރުދަނާ ކުުރުމާއި ދިމާވާ ހާދިސާއަކުންވެސް ސަރުކާރުގެ ހުރިހާ މައުލޫމާތުތައް އެއްކޮށް ގެްގެއްލިގެން ނުދާނެފަދަ ގޮތަކަށް ކަންކަން ބައްޓަންކުުރުމަށްޓަކާ މުހިންމު މަސައްކަތްތަކެއް ކުރެވިފައިވާކަމަށްވެސް މިނިސްޓަރ މަލީހު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ސަރުކާރުން އާ އިރާދާއެއް އުފައްދާ، ހިންގާއިރު ގިނަ ގޮންޖެހުންތަކެއް ހުރިކަމަށާއި، އެ ހުރިހާ ދަތިކަމަކާ އެކުވެސް ސަރުކާރުން އެމިނިސްޓްރީއާއި ހަވާލުކުރި ކަންކަން ކާމިޔާބުކަމާއި އެކު ނިންމާލެވުމަކީ ވަރަށް އުފާކުރާކަމެއްކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: