ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރުޤްޔާ ކުރުމުގެ ނަމުގައި ވެސް ޖިންސީ ގޯނާ ކުރޭ: ރާޢީ

މެމްބަރު ރާޢީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރުޤްޔާ ކުރުމުގެ ނަމުގައި ބައެއް ފަރާތްަކުން ޖިންސީ ގޯނާ ކުރާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ވިދާޅުވެއްޖެއެވެ.

ރާޢީ މިހެން ވިދާޅުވެފައިވަނީ، ގއ. ކަނޑުހުޅުދޫގައި އުމުރުން އެންމެ ދެ އަހަރުގެ ކުއްޖަކު ރޭޕްކޮށްލި މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީގައި ވާހަކަދައްކަވަމުންނެވެ.

ރާޢީ ވިދާޅުވީ ރުޤްޔާ ކުރުމުގެ ނަމުގައި ރުފިޔާ ނަގައިގެން ގޮސް ކުޑަކުދިންނަށާއި ބޮޑެތި އަންހެނުންނަށް އަދި ފިރިހެނުންނަށް ވެސް ޖިންސީ ގޯނާތައް ކުރާކަމުގެ ވާހަކަ އިވެމުންދާ ކަމަށެވެ.

ރާޢީގެ މިވާހަކައާއި ގުޅިގެން، ފުލުހުން ބުނީ، ރުޤުޔާ އެކަނި ނޫން ކަމަށާއި ސިހުރު ހާހޫރަ ހެދުމުގައި ވެސް މި ޒާތުގެ ކަންކަން ހިނގާ ކަމަށެވެ. އަދި އެފަދަ މައްސަލަތައް ފުލުހަށް ހުށައެޅޭ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެކަމާއި ގުޅިގެން، ކޮމެޓީގައި މެންބަރު ރޮޒައިނާ އާދަމް ވެސް ވަނީ ދެ ސިފައިންގެ މީހަކު ވެގެން 15 އަހަރުގެ ކުއްޖަކު ރޭޕުކުރި ކަމަށް ތުހުމަތުކުރައްވާފައެވެ. ނަމަވެސް، އެވާހަކަ ސިފައިން ވަނީ ދޮގުކޮށްފައެވެ. ނަމަވެސް ފުލުހުން އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: