ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖިންސީ ގޯނާގެ ޝިކާރައަށްވި ކުއްޖާ ހޮސްޕިޓަލުން ދޫކޮށްލައިފި!

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗު)
ޝެއާރކޮށްލާ ކަހަލަދޯ؟

ޖިންސީ ގޯނާގެ އަތްދަށުވި، އުމުރުން އެއް އަހަރުގެ އަންހެން ކުއްޖާ އަށް ލިބިފައި ހުރި ގެއްލުންތައް ދެނެގަންނަން ޓެސްޓުތައް ހަދައި، ފަރުވާ ދިނުމަށްފަހު ގެއަށް ދޫކޮށްލައިފިއެވެ.

ގއ. ކަނޑުހުޅުދޫގައި އުމުރުން 62 އަހަރުގެ ކާފަގެ ލާއިންސާނީ އަނިޔާތަކާއި ޖިންސީ ގޯނާއާ ތަކުރާރުކޮށް ކުރިމަތިލާން ޖެހުނު ތުއްތު ކުއްޖާގެ ހާލަތު ދެނެގަތުމަށް، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗު)ގައި ޓެސްޓުތަކެއް ހަދައި، ގެއަށް ދޫކޮށްލި ނަމަވެސް، އެ ކުއްޖާގެ ހާލަތެއް ކަމާބެހޭ އިދާރާތަކުން އާއިލާއާ އަދި ހިއްސާއެއް ނުކުރެ އެވެ. އެކަމަކު، އެ ކުއްޖާ އަށް ވަރަށް ބޮޑަށް އަނިޔާ ލިބިފައިވާ ކަން މީގެ ކުރިން ބުނެފައިވެ އެވެ.

އެނގިފައިވާ ގޮތުން، ޖިންސީ އަނިޔާގެ ސަބަބުން ނަފްސާނީ އަދި ޖިސްމާނީ ގޮތުން ވެސް އިއާދަނުކުރެވޭހައި ބޮޑެތެ ގެއްލުން އެކުއްޖާ އަށް ލިބިފައިވެއެވެ.

މައްސަލަ ފަޅާއެރުމުން ފުރަތަމަ އެ ކުއްޖާ ގެންދިޔައީ، ގދ. ތިނަދޫ ހޮސްޕިޓަލަށެވެ. އަމިއްލަ ލޭ ހިނގާ ކުއްޖާ އަށް ރަހުމެއް، ކުލުނެއް، އިންސާނިއްޔަތު ކަމެއް ނުބަހައްޓައި ބަޔަކު ކޮށްލާފައި އޮތް ވަރު ފެނި ޑޮކްޓަރަށް ވެސް ރޮވުނު ކަމަށް އާއިލާ އިން ބުނެ އެވެ.

އެކުއްޖާ މިހާރު ހުރީ މަންމަ ފަރާތު މާމަގެ ބެލުމުގެ ދަށުގައި ކަމަށް މައުލޫމާތު ލިބެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: