ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޗާގޯސް މައްސަލައިގައި ދިވެހިރާއްޖޭގެ ސިޔާދަތީ މަސްލަހަތާއި ސަރުކާރުގެ ނިންމެވުން

ރައީސް ޑރ މުއިއްޒު އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅުގައި ބޮޑުވަޒީރުގެ ނައިބު ޑޭވިޑް ލެމީއާ ބައްދަލުކުރެއްވުން: ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ގޯސް ޖަޒީރާގެ ރަށްތަކުގެ މިލްކުވެރިކަމާ ގުޅޭގޮތުން އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދު އެކުލަވައިލަން މަސައްކަތްކުރާ އެއްބަސްވުން ބަލައިނުގަންނާނެ ކަމަށް ދިވެހި ސަރުކާރުން ވަނީ ރަސްމީކޮށް ހާމަކޮށްފައެވެ. މި މައްސަލައަކީ ރާއްޖޭގެ ދެކުނުގެ ކަނޑުގެ ސަރަހައްދާއި، ރާއްޖޭގެ ސިޔާދަތީ ބާރުތަކާ ސީދާ ގުޅުންހުރި މައްސަލައަކަށް ވާތީ، މިކަމުގައި ރާއްޖޭގެ އަޑުއަހައި، ހައްގު ފުރުސަތު ދިނުމަށް ދިވެހި ސަރުކާރުން ވަނީ އިނގިރޭސިވިލާތަށް ގޮވާލާފައެވެ.

ޗާގޯސްގެ މައްސަލައަކީ 1970ގެ އަހަރުތަކުން ފެށިގެން އުފެދިފައިވާ މައްސަލައެކެވެ. އިނގިރޭސިވިލާތުން މޮރިޝަސްއަށް މިނިވަންކަން ދިންއިރު، ޗާގޯސްގެ ރަށްތައް ވަނީ އިނގިރޭސިންގެ ބާރުގެ ދަށުގައި ބާއްވާފައެވެ.

މިކަމާ ގުޅިގެން މޮރިޝަސްއިން ބައިނަލްއަގުވާމީ ކޯޓު (އައިސީޖޭ) އަށް މައްސަލަ ހުށަހެޅުމުން، 2019 ވަނަ އަހަރު އެ ކޯޓުން ލަފާދީފައިވަނީ އެ ރަށްތަކުގެ ސިޔާދަތީ ބާރު އޮންނަންވާނީ މޮރިޝަސްއަށް ކަމަށެވެ. މީގެ ނަތީޖާއެއްގެ ގޮތުން، އިނގިރޭސިވިލާތުން މިހާރު ވަނީ ޗާގޯސް މޮރިޝަސްއާ ހަވާލުކުރަން އެއްބަސްވެފައެވެ. ނަމަވެސް، ޑިއޭގޯ ގާސިއާގައިވާ އެމެރިކާގެ އަސްކަރީ މަރުކަޒު އިތުރު 99 އަހަރަށް ބޭއްވުމަށް ވަނީ ޝަރުތުކޮށްފައެވެ.

މި މައްސަލައިގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބީބީސީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ، ތާރީހީ އަދި ސަގާފީ ގޮތުން ބަލާއިރު ޗާގޯސްގެ މައްޗަށް ރާއްޖޭގެ ހައްގު މާ ބޮޑު ކަމަށެވެ. އެއްވެސް ގައުމަކަށް ޗާގޯސް ހަވާލުކުރާނަމަ، އެންމެ ފުރަތަމަ އެތަން ހަވާލުކުރަން ޖެހޭނީ ރާއްޖެއާ ކަމަށް އެމަނިކުފާނު ވަކާލާތު ކުރައްވައެވެ. މިއީ ރާއްޖޭގެ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި ސަރުކާރުން ގެންގުޅުއްވާ ހަރުދަނާ ސިޔާސަތެއްގެ ދަށުން ނިންމަވާފައިވާ ނިންމެވުމެކެވެ.

ޗާގޯސް މައްސަލައިގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލިފައިވާ ކަމަށް ބުނެ، އެ ސަރަހައްދު އަނބުރާ ހޯދުމަށް ބައިނަލްއަގުވާމީ ގާނޫނުތަކުގެ ތެރެއިން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

މިގޮތުން، ކުރީގެ ސަރުކާރުން މޮރިޝަސްއަށް ފޮނުވި ސިޓީ ބާތިލުކޮށް، ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދު ދިފާއުކުރުމަށް ވަނީ ނިންމާފައެވެ. އަދި މި މައްސަލައިގައި ރާއްޖޭގެ މަސްލަހަތަށް އުނިކަން ލިބޭގޮތަށް އަމަލުކުރި ފަރާތްތަކުގެ މައްސަލަ ބެލުމަށް ރިޔާސީ ކޮމިޝަނެއް އުފެއްދުމަށްވެސް ވަނީ ނިންމާފައެވެ.

ޗާގޯސް މައްސަލައަކީ ރާއްޖޭގެ ގައުމީ ސަލާމަތާއި އިގްތިސާދީ ސަރަހައްދާ ގުޅިފައިވާ ނާޒުކު މައްސަލައެކެވެ. ދިވެހި ސަރުކާރުގެ އުންމީދަކީ އިނގިރޭސިވިލާތުން ރާއްޖެއަކީ ޒަމާންވީ ބައިވެރިއެއްގެ ގޮތުގައި ބަލައި، ތާރީހީ ހަގީގަތްތަކުގެ މައްޗަށް ބިނާކޮށް މި މައްސަލައިގައި މާނަހުރި މަޝްވަރާތަކެއް ކުރުމެވެ. ރާއްޖޭގެ ސިޔާދަތީ ބާރު ކަނޑުގެ ސަރަހައްދުގައި ދެމެހެއްޓުމަކީ މި ސަރުކާރުގެ އެންމެ އިސް އަމާޒެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: