މާލެ އާއި ވިލިމާލެ ފަޅުގައި ގަވައިދާ ޚިލާފަށް އަޅާފައި ހުރި އުޅަނދުތައް ނެގުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
މިއަދު ހެނދުނު މަސް މާރުކޭޓު ހިމެނޭ ސަރަހައްދުން ފެށި އެ މަސައްކަތް ކުރިއަށް ގެންދަނީ މާލެ ސިޓީ ކައުންސިލް އާއި ފުލުހުންގެ އިތުރުން ސަރުކާރުގެ ކަމާ ގުޅުން ހުރި އެހެން މުއައްސަސާތައް ގުޅިގެންނެވެ.
ފުލުހުން ބުނީ މިއަދު ފެށި މަސައްކަތުގެ ތެރެއިން މަސް މާރުކޭޓު ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް ބަލައި ފާސްކުރަމުން ގެންދާނެ ކަމަށެވެ. އަދި ގަވާއިދާ ހިލާފަށް ހުރި އުޅަނދުތަކާއި އެ ސަރަހައްދުގައި ގިނަ ދުވަސްތަކެއް ވަންދެން ނުދުއްވާ ކަމަށް ފަހާގަ ކުރެވޭ އުޅަނދުތައް ނެގުމުގެ މަސައްކަތް ކުރަމުން ދާނެ ކަމަށް ފުލުހުން ބުންޏެވެ.
މާލޭގެ ފަޅުގައި ގިނަދުވަސްތަކެއް ވަންދެން އުޅަނދު ފަހަރު ނުދުއްވާ ބާއްވައެވެ. އޭގެ ސަބަބުން އެހެން އުޅަނދުތަކަށް ވެސް ތަކުލީފުތައް އުފުލަންޖެހެއެވެ.

