ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޤައުމީ ކުުތުބުޚާނާ ސްމޭކު ކުރުމުގެ މަސައްކަތް މި އަހަރު ފަށަނީ!

ޤައުމީ ކުުތުބުޚާނާ -----
ޝެއާރކޮށްލާ ކަހަލަދޯ؟

ޤައުމީ ކުުތުބުޚާނާ ސުމޭކު (ޑިޖިޓަލައިޒް) ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށާއި، އެ މަސައްކަތް މި އަހަރުގެ ތެރޭގައި ފެށިގެންދާނެ ކަމަށް މިނިސްޓަރ އޮފް އަރޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

ޤައުމީ ކުުތުބުޚާނާއަށް 75 އަހަރުފުރުން ފާހަގަކުރުމުގެ ޙަރަކާތްތައް ރަސްމީކޮށް ފެއްޓުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޔުމްނާ ވިދާޅުވީ، ޤައުމީ ކުތުބުޚާނާއިން ދޭ ޚިދުމަތްތައް އިތުރަށް ފުޅާކުރުމަށް ކަންކަން ރޭވިފައިވާ ކަމަށާއި އެގޮތުގެ މަތިން މިއަހަރުގެ ތެރޭގައި ޤައުމީ ކުތުބުޚާނާ ޑިޖިޓަލައިޒްކޮށް އެ މަސައްކަތް ފެށިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އޭގެއިތުރުން، މިނިސްޓަރުގެ ވާހަކަފުޅުގައި ވަނީ ކުތުބުޚާނާގެ ކުރީގެ ޙާލަތާއި، ފާއިތުވި ދުވަސްތަކުގައި ގެނެވިފައިވާ ކުރިއެރުންތަކަށްވެސް އަލިއަޅުވާލައްވާފައެވެ.

ޤައުމީ ކުތުބުޚާނާ ޑިޖިޓަލައިޒް ކުރުމުން ލިބޭނެ ފައިދާތަކާއި ގުޅޭގޮތުން މިނިސްޓަރ ވިދާޅުވީ، އެކަމުގެ ސަބަބުން ކުތުބުޚާނާގައި ހުރި ފޮތްތަކާއި މަޢުލޫމާތުތައް ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރި ނަމަވެސް ލިބޭނެ ފުރުޞަތު ފަހިވެގެންދާނެ ކަމަށާއި، އޭގެ ސަބަބުން ތަޢުލީމީ ފަންނުގައި ޙަރަކާތްތެރިވާ ފަރާތްތަކަށްވެސް ފަސޭހަވެގެންދާނެ ކަމަށެވެ.

މިނިސްޓްރީން ބުނީ، ޤައުމީ ކުތުބުޚާނާއަށް 75 އަހަރުފުރުން ކުލަގަދަކޮށް ފާހަގަކުރުމަށް ގިނަ ޙަރަކާތްތަކެއް ރޭވިފައިވާ ކަމަށެވެ. އެގޮތުން ސްޓްރީޓް ލައިބްރަރީގެ ޚިދުމަތް ފެށުމާއި، ފޮތް ލިޔުމުގެ މުބާރާތުގެ އިތުރުން ކުއިޒް މުބާރާތްތައް ކުރިއަށް ގެންދިޔުމަށްވެސް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން މަޢުލޫމާތުދެއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: