ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބީޗް ސްކައުޓުން ހޯދުމުގެ ސުންގަޑި އަށް ބަދަލެއް!

މިނިސްޓަރ އަލީ ވަހީދު ----
ޝެއާރކޮށްލާ ކަހަލަދޯ؟

ޓޫރިޒަމް މިނިސްޓްރީން 19 ބީޗް ސްކައުޓުންގެ މަޤާމަށް މުވައްޒަފުން ހޯދުމަށް މުއްދަތު އިތުރުކޮށްފި އެވެ.

އެމިނިސްޓްރީން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ ބީޗް ސްކައުޓުން ހޯދުމަށް މީގެކުރިން ކޮށްފައިވާ އިޢުލާނާއި ގުޅިގެން އެކަށީގެންވާ މިންވަރަށް ވަޒީފާއަށް އެދި ހުށަހަޅާފައި ނުވާތީވެ ވަޒީފާއަށް އެދި ހުށަހެޅުމުގެ ސުންގަޑި އިތުރުކުރީ ކަމުގައެވެ. އެގޮތުން މިމަހުގެ 23 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ޓޫރިޒަމް މިނިސްޓްރީއަށް ނުވަތަ ރަށު ކައުންސިލަށް ހުށަހެޅުމަށް އެމިނިސްޓްރީން ވަނީ އެދިފައެވެ. އަދި ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައިގަންނާނެކަމަށް މިނިސްޓްރީން ބުނެއެވެ.

މި މަޤާމުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ފަތުރުވެރިންނަށް ސޭފްޓީ ބްރީފިންގއެއް ދޭންޖެހެއެވެ. މި ބްރީފިންގ ގައި އެދުވަހެއްގެ މޫސުމާއި ރަށުގެ ވެއްޓާބެހޭ މަޢުލޫމާތާއި މޫދަށް އެރިއުޅުމުގައި ސަލާމަތީގޮތުން ހިފަހައްޓަންޖެހޭ މިންގަނޑު ހިފަހައްޓާތޯ ބަލަންޖެހެއެވެ. މީގެއިތުރުން މޫދަށް އެރިއުޅޭ މީހުން މޫދަށް އެރެން ކަނޑައެޅިފައި އޮންނަ ޞަރަޙައްދުގެ ތެރޭގައި އުޅޭތޯ ބެލުމާއި މޫދަށް އެރިއުޅުމުގައި ސޭފްޓީ މިންގަނޑު ހިފަހައްޓާތޯވެސް ބަލަންޖެހެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: