ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޑަކުދިންނާ ބެހޭ މައްސަލަތައް ނިންމަން ބްލޮކް ޓްރަޔަލް ނިޒާމެއް ގާއިމްކުރަން ނިންމައިފި!

ޖުޑީޝަލް ސާވިސްކޮމިޝަން (ޖޭއެސްސީ)
ޝެއާރކޮށްލާ ކަހަލަދޯ؟

ކުޑަކުދިންނާ ބެހޭ މައްސަލަތައް ނިންމަން ”ބްލޮކް ޓްރަޔަލް“ ނިޒާމެއް ގާއިމުކުރަން ޖުޑީޝަލް ސާވިސްކޮމިޝަން (ޖޭއެސްސީ) އިން ނިންމަވައިފިއެވެ.

އެ ކޮމިޝަނުން ނެރެފައިވާ ނޫސްބަޔާނެއްގައި ވިދާޅުވެފައިވަނި ޝަރުއީދާއިރޭގެ ތެރޭގައި އެފަދަ ނިޒާމެއް ގާއިމުކުރައްވަން ނިންމަވައި އެގޮތަށް އަމަލުކުރުމަށް ހަމަޖައްސަންޖެހޭ އެންމެ އިންތިޒާމް ޑީޖީއޭ މެދުވެރިކޮށް ހަމަޖައްސަވާނެ ކަމަށެވެ.

އެ ނިޒާމު ގާއިމު ކުރުމަށް ކޯޓުތަކުގެ އިސްފަނޑިޔާރުންނާއި އިދާރީ ވެރީން އެއްބާރުލުން ދެއްވައި އެކަމަށް ޚާއްސަ ސަމާލުކަމެއް ދެއްވައި އެކަމަށް މަރުހަބާ ކިޔުއްވި ކަމީ ކުޑަކުދިންނަށް ޖިންސީގޯނާ ކުރުން ފަދަ މައްސަލަތައް މުސްތަގުބަލުގައި އަވަސް ކުރުމަށް ޖޭއެސްސީއަށް ލިގެންދިޔަ ބާރެއް ކަމަށް ވެސް އެބަޔާނުގައި ވިދާޅުވެފައިވެއެވެ.

މި ނިޒާމުގެ ސަބަބުން ކުޑަކުދިންނަށް ޖިންސީ ގޯނާ ކޮށްގެން ހުށަހަޅާ މައްސަލަތައް ނުބަލައި ކޯޓުގައި ނުބޭއްވޭނެއެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލަތައް ރާއްޖޭގައި ވަރަށް ގިނައެވެ. އެގޮތުން، ކޮންމެ 3 ކުއްޖަކުން 1 ކުއްޖަކީ ކޮންމެވެސް މަރުހަލާއެއްގައި މިފަދަ ކަމަކާ ކުރިމަތިލާން ޖެހޭ ކުއްޖެއްކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: