ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުގެ ވޯޓު ހުއްޓުވަން ހައި ކޯޓަށް އިތުރު މައްސަލައެއް!

ދިވެހިރާއްޖޭގެ ހައިކޯޓު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބާއްވާ ވޯޓު ހުއްޓުވައިދިނުމަށް އެދި އިތުރު މައްސަލައެއް ހައިކޯޓަށް ހުށަހަޅައިފި އެވެ.

ގާނޫނީ ވަކީލު މަރިޔަމް ޝުނާނާ ހައިކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައިގައި ބުނެފައި ވަނީ ރިފެރެންޑަމްގައި ކުރާ ސުވާލުގައި ފުށުއެރުންތަކެއް ހުރިއިރު، މި ވޯޓުގެ ފުރިހަމަ މަގްސަދަކީ ކޮބައިކަން އިލެކްޝަން ކޮމިޝަނަށް ވެސް ބުނެދެވިފައި ނުވާކަމަށެވެ.

މައްސަލައިގައި ބުނެފައި ވަނީ، ރިފެރެންޑަމް ވޯޓު ގާނޫނުގައި ބަޔާން ކުރާ އިޖުރާއަތުތަކާއި ދައުވާ ލިބޭ ފަރާތުން ހިލާފުވެފައިވާކަމަށެވެ. އަދި ވޯޓު ނަގަނީ ރައީސުލްޖުމްހޫރިއްޔާ ބޭނުންވާ ތާރީހަށް ރިއާޔަތް ކުރުމަށް ފަހު، އިލެކްޝަންސް ކޮމިޝަނުން ބަލަން ޖެހޭ ކަންކަން ބެލުމެއް ނެތިކަމަށް މައްސަލައިގައި ވަނީ ބުނެފަ އެވެ،.

ޝުނާނާ ހުށަހެޅި މައްސަލައިގައި އިތުރަށް ބުނެފައި ވަނީ ދެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވަނީ ގާނޫނުއަސާސީއަށް ގެންނަ އިސްލާހުތަކެއްގެ ގޮތުގައިކަމަށް ބުނި ނަމަވެސް، މިހާރު ހިނގަމުންދާ މަޖިލީހުގެ ދައުރު ޑިސެމްބަރު 1، 2028 ގައި ހަމަވާނެ ކަމަށް ބަޔާންކޮށްފައި ވަނީ ގާނޫނުއަސާސީއަށް ގެންނަ އިސްލާހެއްގެ ގޮތުގައެއް ނޫން ކަމަށެވެ. އަދި ބުނެފައި ވަނީ، ގާނޫނުއަސާސީގެ ދުސްތޫރީ އޮނިގަނޑުން ބޭރުން، މަޖިލީހުގެ ދައުރު ހަމަވެގެން ކުރެވޭ ކަމެއްގެ ގޮތަށް ބިލުގައި ހިމަނާފައިވާ ކަމަށެވެ.

މީގެ އިތުރުން، އިންތިހާބު ބޭއްވުމަށް ކަނޑައަޅާފައިވާ މުއްދަތުގެ ކުރުކަމަށް ބުނެ މައްސަލައިގައި ކަންބޮޑުވުންފާޅުކޮށްފައި ވެއެވެ. އެގޮތުން ފެބުރުވަރީ 16، 2026 ގައި އިންތިހާބު އިއުލާންކޮށް، އެޕްރީލް 4 ގައި ވޯޓުލުން ބޭއްވުމަށް ނިންމާފައިވާއިރު، މިއީ ގާތްގަނޑަކަށް 47 ދުވަހުގެ މުއްދަތެއްކަމަށް ވަނީ ބުނެފަ އެވެ. މައްސަލައިގައި ބުނެފައި ވަނީ މިއީ ރައްޔިތުން ހޭލުންތެރިކުރުވުމަށާއި، ބަހުސްކުރުމަށާއި، ކެންޑިޑޭޓުންނަށް ތާއީދުކުރާ އަދި ދެކޮޅު ފަރާތްތަކުން ތައްޔާރުވުމަށް އެކަށީގެންވާ މުއްދަތެއް ނޫން ކަމަށެވެ.

އިންތިހާބާ ގުޅޭ އެންމެ އަސާސީ މައުލޫމާތުތައް ރައްޔިތުންނަށް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެހިފައި ނެތްއިރު، ރިފަރެންޑަމާ ގުޅޭ މައުލޫމާތާއި، ވޯޓު ކަރުދާހުގެ ނަމޫނާ އަދި ކަމާގުޅޭ ބިލާއި ރިޔާސީ ގަރާރު އެއް ތަނަކުން ފަސޭހައިން ފެންނަން ނެތުމުން ވޯޓުލާ ފަރާތްތަކުގެ ހައްގުތަކަށް އުނިކަން އަންނަކަމަށް ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި ވަނީ ބުނެފަ އެވެ.

މި ސަބަބުތައް ބަޔާންކޮށް ޝުނާނާ އެދިފައި ވަނީ ރިފެރެންޑަމް ވޯޓު ހުއްޓުވައިދިނުމުގެ ވަގުތީ އަމުރަކަށެވެ. އަދި އެފަދަ އަމުރެއް ނެރެދެވެން ނެތް ނަމަ، ވޯޓުގެ ނަތީޖާ އިއުލާނުކުރުން، ނުވަތަ އާންމު ކުރުން ހުއްޓުވައިދިނުމަށް ވަނީ އެދިފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: