ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މީދޫގެ ބަނދަރު ހަދަން އެމްޓީސީސީއާ ހަވާލުކޮށްފި!

މަޝްރޫއު ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން ---
ޝެއާރކޮށްލާ ކަހަލަދޯ؟

ދ. މީދޫގައި ބަނދަރު ހަދަން، އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.

މި މަޝްރޫއުއަކީ 36 މިލިއަން ރުފިޔާގެ މަޝްރޫއުއެކެވެ.

މިއަދު ނެޝަނަލް ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑައިރެކްޓަ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއޯއޯ ޝާހިދު ހުސެއިން މޫސާ އެވެ.

މި މަސައްކަތް ފުރިހަމަކުރަން އެމްޓީސީސީއަށް ދީފައި ވަނީ އެއް އަހަރާއި ދޮޅު މަސް ދުވަހުގެ މުއްދަތެކެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން މީދޫގައި 373 މީޓަރުގެ ބޭރު ތޮއްޓެއް، ބޮޑު ހިލަ ޖަހައިގެން ހަދާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުންޏެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: