ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަގާމުގައި ދެ އަހަރުވީ ފުލުހުންނަށް ކަނޑައެޅި އެލަވަންސް ދޭން ފަށައިފި

ފުލުހުންތަކެއް ހަރަކާތްތެރިވަނީ - ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މުސާރައިގެ އޮނިގަނޑު ބަދަލުކުރިތާ ދެ އަހަރުވުމުން ބޮޑުކުރަން ކަނޑައަޅާފައިވާ އެލަވަންސް ފުލުހުންނަށް ދޭން ފަށައިފި އެވެ.

ދައުލަތުގެ ޕޭ ފްރޭމްވޯކްގެ ދަށުން ފުލުހުންގެ މުސާރައިގެ އޮނިގަނޑު ބަދަލު ކުރީ މިިދިޔަ މާޗު މަހުގެ ތެރޭގަ އެވެ.

އައު އޮނިގަނޑަށް އަމަލު ކުރަން ފެށުމުން ފުލުހުންގެ މުސާރަ 35 އިންސައްތައަށް ބޮޑުކޮށްފައިވާއިރު، މި އޮނިގަނޑުގައި ހިމެނެނީ އަސާސީ މުސާރައިގެ އިތުރުން މަގަމުގެ އެލަވެންސާއި، ޖޮބް އެލަވެންސްގެ އިތުރުން ކުރާ މަސައްކަތާއި ގުޅޭ ގޮތުން ދޭ އެލަވެންސެވެ.

މީގެތެރޭގައި ހިމެނޭ މަގާމުގެ އެލަވެންސަކީ ކޮންމެ މަގާމަކަށް ކަނޑައަޅާފައިވާ އަސާސީ މުސާރައިގެ އިތުރުން ދާއިމީކޮށް އެ މަގާމަކަށް ދޭ އެލަވެންސެވެ. އަދި މި އެލަވެންސްތައް ދިނުމަށް ކަނޑައަޅާފައި ވަނީ ދެ ހަރުފަތަކަށް ބަހާލައިގެންނެވެ.

މިކަމާއި ގުޅޭގޮތުން އެސިސްޓެންޓް ކޮމިޝަނަރ އަހުމަދު ޝިފާން ވިދާޅުވީ އޭޕްރިލް މަހުން ފެށިގެން ފުލުހުންގެ މަގާމުގެ އެލަވެންސް ވަނީ އާ އޮނިގަނޑުގައިވާ ގިތުގެ މަތީން ދެވަނަ ހަރުފަތަކަށް ބަދަލުކޮށްފައި ކަމަށެވެ.

ޝިފާން ވިދާޅުވި ގޮތުގައި ޕޭ ފްރޭމްވޯކްގައި ފާސްކޮށްފައިވާ ގޮތަށް، އެ ފުލުހަކު ހުރި ރޭންކާއި ގްރޭޑުގައި ދެ އަހަރުވެފައިވާ ފުލުހުންނަށެވެ. އަދި އިތުރު ބަޔަކީ މަސައްކަތުގެ ފެންވަރު ބަލާ ނިޒާމުން ވިދިދިގެން ދެ އަހަރު އެވްރެޖުކޮށް 75 އިންސައްތައަށް ވުރެ މަތީން މާކްސް ލިބިފައިވާ ފުލުހުންނަށެވެ.

މަގާމުގެ އެލަވެންސްގެ ގޮތުގައި ބޮޑުކޮށްފައިވާ އަދަދުތަކުގެ އިތުރު ތަފްސީލެއް ޝިފާން ދެއްވާފައި ނުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: