ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގއ. އަތޮޅު ސްކޫލުގެ ކިޔެވުން ނުހުއްޓޭނެހެން އިންތިޒާމު ހަމަޖެހޭނެ: ޝަފީއު

ގއ. އަތޮޅު ތައުލީމީ މަރުކަޒުގެ ސްޓާފްރޫމް ސަރަހައްދުގައި އަލިފާން ރޯވެފައި -- ފޮޓޯ: ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ގއ. ވިލިނގިލީގައި ހުންނަ ގއ. އަތޮޅު ތައުލީމީ މަރުކަޒުގައި ރޭ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން، ސްކޫލުގެ ކިޔެވުން މެދުނުކެނޑި ކުރިއަށް ގެންދެވޭނެ އިންތިޒާމުތައް ހަމަޖެހިގެންދާނެކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެ އެވެ.

ގއ. ވިލިނގިލީގައި ހުންނަ އަތޮޅު ތައުލީމީ މަރުކަޒުގައި އަލިފާން ރޯވެ މި ހާދިސާ ހިނގާފައިވަނީ ރޭ ދަންވަރު 12:30 ހާއިރުއެވެ.

އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނީ ދަންވަރު 2:00 ހާއިރު ކަމަށްވާއިރު، މި ހާދިސާގައި އެ ސްކޫލުގެ އެއް ބްލޮކް ވަނީ ބޭނުން ނުކުރެވޭ ވަރަށް އެއްކޮށް އަނދާފައެވެ.

އޭގެ ތެރޭގައި ޕްރައިމަރީ ޓީޗަރުންގެ ސްޓާފްރޫމާއި، ޕްރިންޓިން ރޫމްގެ އިތުރުން އެއް ކްލާސް ރޫމް ހިމެނެއެވެ.

މި ހާދިސާއާ ގުޅިގެން މިނިސްޓަރު ޝަފީއު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސްކޫލުގެ އިމާރާތެއް އަނދައިގެން ދިޔުމަކީ ލިބުނު ވަރަށް ބޮޑު ހިތާމައެއް ކަމަށާއި މިއީ ސްކޫލަށް ލިބުނު ބޮޑު ގެއްލުމެއް ކަމަށެވެ. ނަމަވެސް، އަންނަ ހަފުތާގެ ކިޔެވުން ފެށެންވާއިރަށް ޕްރިންޓިން ރޫމަށް ބޭނުންވާ މެޝިނަރީތަކާއި، މުދައްރިސުންނަށް ބޭނުންވާ ކޮމްޕިއުޓަރާއި ފަރުނީޗަރު ލިބޭނެ އިންތިޒާމު މިނިސްޓްރީން ހަމަޖައްސައިދޭނެކަމަށް ވިދާޅުވިއެވެ.

އަތޮޅު ތަޢުލީމީ މަރުކަޒުގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ސްކޫލުގެ އެއް އިމާރާތް އަނދައިގެން ދިޔުމަކީ ލިބުނު ވަރަށް ބޮޑު ދެރައެކެވެ. އަދި، ސްކޫލަށް ލިބުނު ވަރަށްބޮޑު ގެއްލުމެކެވެ.
މި އަލިފާނުގެ ހާދިސާގައި ސްކޫލުގެ ޕްރައިމަރީ ޓީޗަރުންގެ ސްޓާފްރޫމާއި، ޕްރިންޓިން ރޫމް އަދި އެއް ކިލާސްރޫމްވަނީ އަނދާފައެވެ. މި އަންނަ ހަފްތާގެ ކިޔެވުން ފެށެންވާއިރަށް ޕްރިންޓިންގް ރޫމުގެ މެޝިނަރީއާއި، މުދައްރިސުންނަށް ބޭނުންވާ ކޮމްޕިއުޓަރާއި ފަރުނީޗަރު ލިބޭނެ އިންތިޒާމު ހަމަޖެއްސުމާއެކު، ކިޔެވުން ނުހުއްޓޭނެފަދަ ގޮތަށް އިސްކޫލުގެ ކަންކަން އިންތިޒާމު ކުރާނެ ވާހަކަ ދަންނަވަމެވެ. މި ފުރުސަތުގައި، އަލިފާން ނިއްވުމުގައި ބައިވެރިވި ހުރިހާ ބޭފުޅުންނަށް އިންތިހާއަށް ޝުކުރު ދަންނަވަމެވެ. ވަކިން ހާއްސަކޮށް އަލިފާން ނިންވުމުގައި ވިލިނގިލީގެ ރައްޔިތުންގެ ހިއްސާ ނުހަނު ބޮޑުކަން ފާހަގަކޮށް، އަލިފާން ނިއްވުމުގައި ބައިވެރިވި އެންމެހާ ބޭފުޅުންނަށް، އެޑިޔުކޭޝަން މިނިސްޓްރީގެ ނަމުގައި ޝުކުރު ދަންނަވަމެވެ.

މިނިސްޓަރ ވަނީ އަލިފާން ނިއްވުމުގައި ބައިވެރިވި ހުރިހާ ފަރާތްތަކާއި، ވިލިނގިލީގެ ރައްޔިތުން ކޮށްދެއްވި މަސައްކަތަށް އެޑިއުކޭޝަން މިނިސްޓްރީގެ ނަމުގައި ޝުކުރު އަދާކުރައްވާފައެވެ.

މި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވީ ސްޓާފްރޫމުގައި ހުރި އޭސީއެއްގައި ރޯވެގެންކަމަށް މައުލޫމާތު ލިބެ އެވެ. އެއަށް ފަހު އޭގެ ފަހުން ސްޓާފް ރޫމާ ޖެހިގެން ހުންނަ ޕްރިންޓު ރޫމާއި އެއް ކްލާސްރޫމަށް އަލިފާންގަނޑު ފެތުރިގެން ދިޔައީ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: