ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދަރިފުޅަށް ޖިންސީ ގޯނާކޮށް އިންޒާރުދިން ބައްޕަ ހައްޔަރެއްނުކުރޭ!

ޝެއާރކޮށްލާ ކަހަލަދޯ؟

މަސްތުގެ ޙާލަތުގައި ހުރެ، 12 އަހަރުގެ އަންހެން ދަރިފުޅަށް ޖިންސީ ގޯނާކޮށް، އިންޒާރު ދިން ކަމުގެ ތުހުމަތުކޮށް އާންމުންގެ ބަޔަކު އަނިޔާކުރުމަށްފަހު މިދިޔަ ބުރާސްފަތިދުވަހުގެ ރޭ އަނިޔާކޮށް، ފުލުހުންނާ ހަވާލުކުރި އެކުއްޖާގެ ހައްޔަރު ނުކުރާކަން ”ސަންގު“އަށް އެނގިއްޖެއެވެ.

އުމުރުން 12 އަހަރުގެ އަންހެން ދަރިފުޅަށް އެކި ފަހަރު މަތިން ޖިންސީ ގޯނާކޮށް، އާއިލާގެ މެމްބަރުން މަރާލާނެ ކަމުގެ އިންޒާރު ދިން ކަމުގެ ތުހުމަތުގައި އެ ކުއްޖަކާ ބައްޕައަށް އަނިޔާކޮށް ފުލުހުންނާއި ޙަވާލުކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ވިލިމާލެއިންނެވެ.

ކުއްޖާގެ ބައްޕަގެ ފަރާތުން ޖިންސީ އަނިޔާ ލިބެމުން ދިޔަ ގޮތުގެ ވާހަކަ އެކުއްޖާ ކިޔައިދޭ އޯޑިއޯއެއް ވަނީ މީސް މީޑިއާގައި ދައުރުވެފައެވެ. އަދި ވިލިމާލޭން އެ މީހާއަށް ހަމަލާދީފައިވަނީ އެ އޯޑިއޯ އަޑު އިވުމުން އެކަމާއި އާންމުން ރުޅިގަދަވެންނެވެ.

ކުއްޖާގެ ބައްޕަ ފުލުހުންނާ ހަވާލުކުރި ނަމަވެސް ވިލިމާލެ ޕޮލިސް ސްޓޭޝަނަށް ގެންދިޔުމަށްފަހު އެ މިހާ ވަނީ ހަމަ އެރޭ ދޫކޮށްލައިފަ އެވެ. ނަމަވެސް އެކަމަކު، އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

ދަރިފުޅާ ބެހުނު ކަމަށް ތުހުމަތުކުރާ ބައްޕަ ހައްޔަރު ނުކުރި ސަބަބާ ގުޅޭ ގޮތުން ފުލުހުން ވަކިއެއްޗެއް ބުނެފައި ނުވިޔަސް އޭނާ ހައްޔަރު ނުކުރާކަން ވަނީ ކަށަވަރުކޮށްދީފައެވެ.

ބައްޕަގެ ޖިންސީ ގޯނާގެ ޝިކާރައަކަށް ވި ކަމަށް ބުނެ އެ އޯޑިއޯގައި، 12 އަހަރުގެ ކުއްޖާ ކިޔައިދިން ގޮތުގައި މަސްތުވާތަކެތި ބޭނުންކުރާ ބައްޕަ ފުރަތަމަ އޭނާ އަށް ޖިންސީ ގޯނާކުރީ ފަޅު ގޯއްޗަކަށް ގެންގޮސްގެންނެވެ.

އެވާހަކަތައް ދައްކައިފި ނަމަ މަންމަ އާއި ދޮންތަ މަރާލާނެ ކަމުގެ އިންޒާރު ދީ ތަކުރާރުކޮށް ދަރިފުޅާ ޖިންސީ ގޯނާ ކުރަމުންދިޔަ ކަމަށް އެކުއްޖާ އެ އޯޑިއޯގައި ބުނެފައިވެއެވެ.

ޖިންސީ ގޯނާގެ ބައެއް ކޭސްތަކުގައި ފިޔަވަޅު އެޅުން ލަސްވާތީ އެކަމާއި އާންމުންގެ އެތައް ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: