ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާ: ވަލު ޖަނަވާރުންވެސް މިހެން ނޫޅޭނެ!

ފޮޓޯ: މޮމްސް ފޭސްބުކް -- ދެ އަހަރުގެ ކުޑަ ކުއްޖަކު ރޭޕް ކުރުން: އިންސާނުން ޖަނަވާރުންގެ ދަރަޖައަށް
ޝެއާރކޮށްލާ ކަހަލަދޯ؟

ވޭތުވެ ދިޔަ ހަފްތާއެއް ހާ ދުވަހުން ފެށިގެން އިވެމުންދަނީ ބިރުވެރި ވާހަކަތަކެވެ. އިންސާނެއްގެ ހިތްފަޅައިގެން ދާނެ ވަރުގެ ވާހަކަތަކެކެވެ. ތުއްތު ކުއްޖަކަށްަ ޖިންސީ ގޯނާކޮށް އެ ކުއްޖާ ރޭޕް ކުރި ހާދިސާއާއި އެކު ގައުމެއް ހޭލައްވާލިއެވެ. މިފަދަ އެތައް ވާހަކައެއް ކިޔައިދޭން ފަސްޖެހުނު ކުދިން ނިކުމެ، އެދަނީ އެ ކުދިންނާއި ދިމާވި ހިތްދަތި ހާދިސާތައް ހިއްސާ ކުރަމުންނެވެ.

އަވައްޓެރި އިންޑިއާގައި ކޮންމެ ދުވަހަކު އެތައް އަންހެން ކުދިންނެއް ރޭޕް ކުރެއެވެ. އެތައް އަންހެނުންނެއް ޖިންސީ ޝިކާރައަކަށްވެއެވެ. އެ ގައުމުގައި މިކަން ވެފައި އޮންނަނީ އާއިލީ ބޮޑު ސިއްރަކަށެވެ. ޒަވާޖީ ހަޔާތެއް ފެށުމަށް ހުރަސް އެޅޭނެ ކަމަށް ބުނެއެވެ. މި އަނިޔާވެރި ދުނިޔެމަތީން އެ ކުދިންނާއި ދިމާވަނީ އާއިލީ މީހުންގެ ފުރައްސާރައެވެ. ލޭގެ ގުޅުން އޮތް މީހުން އެ ކުދިންގެ އިއްފަތްތެރިކަން ފޭރިގަންނަ ވާހަކަތައް ނޫސްތަކުގެ ފަލަ ސުރުހީން ފެނެއެވެ.

މިއަދު މި ގައުމު މިދަނީ އެ މިސްރާބަށެވެ. ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުން އޮތީ އިންތިހާގައެވެ. އަންހެނުންގެ އިއްފަތްތެރިކަން ފޭރިގަތުން މިވަނީ އިތުރުވެފައެވެ. މުޖްތަމައުއެއްގެ ގޮތުގައި އަޅުގަނޑުމެން މިވަނީ ފެއިލް ވެފައެވެ. ލަދުވެއްޗެވެ. އެފަދަ މީހުންނަށް ދޭން އޮތް ދަރަޖައަކީ ވަލު ޖަނަވާރުންނަށް ވުރެންވެސް ދަށު ދަރަޖައެކެވެ. ޖަނަވާރުވެސް އޭގެ ލެއަށް ބަލައެވެ.

ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާއާއި ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން

މިއަދު ލިޔަން ޖެހިފައި މިވަނީ ފަސޭހަ ހަބަރުތަކެއް ނޫނެވެ. އަތްތުރުތުރު އަޅައެވެ. ހިތްބިރު ގަނެއެވެ. އާއިލާގެ ގާތް ތިމާގެ މީހަކަށް، ގާތް ރައްޓެއްސަކަށް އެފަދަ ކަމެއް މެދުވެރި ނުވުމަށް އެދި ދުޢާ ކުރެވެއެވެ. އެކުގައި އުޅޭ ބައެއް ރަށްޓެހިންނަށް ޖިންސީ ފުރައްސާރައާއި ޅަ އިރު ކުރިމަތިލާން ޖެހުނެވެ. އެ މީހުންގެ މޫނު ލޯމައްޗަށް ސިފަވެއެވެ. ރޮއެފައި، އަސަރާއި އެކު އެމީހުން ކިޔައިދިން ވާހަކަތައް މި ކަންފަތުގައި ގުގުމާ ކަހަލައެވެ. ހާދަ ވޭނާކާއި، ހާދަ އެއްޗެއް ހިތަށް އަރާނެއެވެ. ހާދަ ހިތާމައެއް ކުރާނެއެވެ.

މި ރުއިންތަކުގެ އަޑުއަހާނެ ކަންފަތެއް ނެތެވެ. އޭގެއިން ގިނަ ރައްޓެހިން އާއިލާ އާއި މި ވާހަކަ ހިއްސާއެއް ނުކުރެއެވެ. ގަބޫލު ކުރާނެ ކަމާއި މެދު ސުވާލު އުފެދެނީއެވެ.  މީގެ ދުވަސްކޮޅެއް ކުރީން އެތަނުން  ރަށްޓެއްސެއް މެސެޖު ކުރިއެވެ. އެދުނީ ކުޑައިރުކޮޅަކަށް ވާހަކަ ދައްކާލުމަށެވެ. އެކި ވާހަކަައިގެ ތެރެއިން އޭނާ ބުންޏެވެ. ”އަހަންނަށް ދިމާވީ ކަންކަން މީހަކަށް ކިޔައިދޭ ދުވަހުން އެ މީހަކު ބުނަނީ ކަލޭ ތީ ރަނޑެއް ކަމަށް ދޯ“؟ މީ އެންމެ މީހެއްގެ ވާހަކައެެވެ. މިއީ މިއަދުގެ މުޖްތަމައު ގޮސްފައިވާ ހިސާބެެވެ. ޖިންސީ ގޯނާގެ ޝިކާރައަކަށް ވި ކުއްޖަކާއި ދޭތެރޭ ރަށު މީހުން ދެކެނީ މުޅިން އެހެން ގޮތަކަށެވެ. ތުންތުން މަތީން އެކި ވާހަކަތަކެއް ދައްކައެވެ.

ރޭޕްގެ އެތައް މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުން އަންނައިރު، ހަބަރުތަކުގެ ކޮމެންޓް ސެކްޝަންގައި ހުންނަނީ ދިވެއްސަކަށް ވީތީ ލަދު ގަންނަ ކަހަލަ ވާހަކަތަކެވެ. ”ގޭގައި އޮން ނަމަ ނުވީހެއް ނު“، ”ވެދާނެ ރުހުމުގައި ކަމަށް ވެސް“ ، ”ކުރު އެއްޗެހި ލައިގެން ނިކުތީމަ ވާނީ ތިހެން“، ”އައުރަ ނިވާކުރި ނަމަ ތިހެން ނުވީސް“ މީ ދިވެހިންގެ ހާލަތެވެ. މުޖްތަމައުގެ ވާހަކަ ދައްކާއިރު، މުޖްތަމައަކީ ވެސް ހަމަ އަހަރެމެންނެވެ. މިއަދު ލަދުގަންނަނީ، ސޯޝަލް މީޑިއާއިން ފެންނަ މިފަދަ އެތައް ކޮމެންޓުތަކުންނެވެ. ރުޅިވެސް ގަދަވެއެވެ.

ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާއާއި ދެކޮޅަށް ކުރިޔަށް ގެންދާ ހަރަކާތުގެ ތެރެއިން

މިހާލަތަށް ކަންކަން ދިއުމުގެ ޒިންމާ ނަގަން ޖެހޭނެ ކޮންމެވެސް ބައެއް ތިބޭނެއެވެ. 90 ގެ އަހަރުތަކުގެ ކުޑަކުދިންގެ ގާނޫނަށް 18 އަދި 19 ވަނަ ރައްޔިތުންގެ މަޖިލީހުން އިސްލާހުތައް ގެނައެވެ. ކުޑަކުދިންގެ ހައްގުތަކަށްޓަކާ ހަރުކަށި އެތައް ގާނޫނެއް ވުޖޫދުކުރިއެވެ. މިއަދު ހަތަރެސްކަން ހަމަވެ، މުވައްސަސާތައް ހޭއެރުމުން ވާނެ ވަކި ފައިދާއެއް ނެތެވެ. ރިސްކް އެސެސްމެންޓާއި، ދެންވެސް ހުރިއްޔާ ހުރި އެސެސްމެންޓެއް ހަދަންވީ މިއަދަކުއެއް ނޫނެވެ. ކުޑަކުދިންގެ ދިރިއުޅުން ހަލާކުވެ ފުރާނައަށް ނުރައްކާވެ މުޅި ރާއްޖޭގެ ރައްޔިތުން މިތިބީ އިހުތިޖާޖުގެއެވެ. މިއީ މި ލެވެލްގައި ނިމެންޖެހޭ ކަންތަކެއް ނޫނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: