ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިރާގު ޓީވީއިން ފިލްމީ ތަރި އައްޒައާ އެކު ދިވެހި ކޮންޓެންޓުތަކެއް!

ދިރާގު ޓީވީއިން ފިލްމީ ތަރި އައްޒައާ އެކު މުޅިން އާ ދިވެހި ކޮންޓެންޓު އުފެއްދުމުގެ އެއްބަސްވުމެއްގައި ސޮއިކުރުން
ޝެއާރކޮށްލާ ކަހަލަދޯ؟

ދިރާގު ޓީވީއިން ފިލްމީ ތަރި އައްޒައާ އެކު މުޅިން އާ ދިވެހި ކޮންޓެންޓު އުފެއްދުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އެ އެއްބަސްވުމުގެ ދަށުން، އައްޒަގެ ކޮންޓެންޓްތައް ދިރާގުޓީވީގެ ވީއޯޑީ އޮން ޑިމާންޑް ލައިބްރަރީއިން ތެރޭގައި އާންމުންނައި ހަމައަށް ގެނެސްދޭނެއެވެ. އެ އެއްބަސްވުން ގާއިމް ކުރުމަށް ފަހު އައްޒަ ވަނީ ޕްރޮޖެކްޓުގައި މަސައްކަތް ކުރުމަކީ ލިބިގެންދިޔަ ޝަރަފެއްކަން ފާހަަގަކޮށްފައެވެ. އަދި މިއީ އޭނާއަށް ފިލްމީ ދާއިރާއިން އިތުރަށް ކުރިޔަށް ދިއުމާއި އެކު ބެލުންތެރިންނާއި ހަމައަށް ހުށަހެޅުމެއް ގެނެސްދިނުމަށް ލިބޭ ފުރުސަތެއް ކަމަށެވެ. ދިރާގުއިން ރާއްޖޭގެ ދިވެހި ފިލްމީ ދާއިރާ ކުރިއެރުވުމާއި، ތަރީންގެ އަގުވަޒަން ކުރާކަމަށް ވެސް އައްޒަ ބުންޏެވެ. އަދި އެ ކުންފުނިން ފިލްމީ ދައިރާ އެހެން ހަރުފަތަކަށް ގެނައުމަށް ކުރަމުން އަންނަ މަސައްކަތަށް އައްޒަ ވަނީ ޝުކުރު އަދާކޮށްފައެވެ.

ދިރާގުން ބުނެފައިވަނީ އަމާޒަކީ ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ހިދުމަތްތަކުގެ ޒަރިއްޔާއިން ދިވެހި ފިލްމީ ދާއިރާ އަދި ދިވެހި ކޮންޓެންޓް ކުރިއެރުވުމަށް މަގުފަހިކޮށް އިތުރު ހަރުފަތަކަށް އެ ދާއިރާ ގެންގޮސްދިނުން ކަމަށެވެ.

ދިރާގުން މަސައްކަތް ކުރަނީ ދިރާގު ޓީވީ އިން ހަބަރާއި މުނިފުހިފިލުވުމުގެ ޕްރޮގްރާމުތައް އެންމެ ޒަމާނީ ޓެކްނޮލޮޖީ މެދުވެރިކޮށް ކަސްޓަމަރުންނާ ހަމަޔަށް ފަސޭހަ ކަމާއި ހެޔޮ އަގުގައި ފޯރުކޮށްދިނުމެވެ. ދިރާގު ޓީވީ މިހާރު ރާއްޖޭގެ އާބާދީގެ ބޮޑު އިންސައްތައަކަށް ފޯރުކޮށްދެ އެވެ. ދިރާގު ޓީވީއަކީ ރާއްޖޭގައި އެންމެ ފުރަތަމަ ފޯރުކޮށްދޭން ފެށި އައިޕީޓީވީގެ ހިދުމަތެވެ. މީގެ އިތުރުން، ދިރާގުޓީވީ އަކީ ވީޑިއޯ އޮން ޑިމާންޑްގެ ފީޗާ ހިމެނޭ ހަމައެކަނި ހިދުމަތްވެސެ މެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: