ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަޝީދު ސަރުކާރުން އިސްތިއުފާ ދިނީ 3، 4 ފަހަރު މަތިން މޫނުމަތީގައި ޖަހަންދެން މަޑުކޮށްފަ : ގާސިމް

ގާސިމް އިބްރާހިމް : ފޮޓޯ: ޒިދާން
ޝެއާރކޮށްލާ ކަހަލަދޯ؟

ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ފިކުރަކީ، ކޮބައިކަން އެ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެމްބަރު، ޤާސިމް އިބްރާޙިމް ވިދާޅުވެދެއްވައިފިއެވެ.

ޖޭޕީ އަށް އަލަށް ގުޅިވަޑައިގެން ހާއްސަ މެމްބަރުންތަކެއްގެ ޝަރަފުގައި، މިރޭ އެ ޕާޓީގެ މައި ޖަގަހަ، މ. ކުނޫޒުގައި ބޭއްވި ރަސްމިއްޔާތެއްގައި ޤާސިމް ވިދާޅުވީ، ޖޭޕީގެ ފިކުރަކީ މާތްވެގެންވާ އިސްލާމްދީން ހިމާޔަތްކުރުމާއި، ފުދުންތެރި އަދި އުފާވެރި ދިރިއުޅުމެއް ރައްޔިތުންނަށް ހޯދައިދިނުން ކަމަށެވެ.

ޤާސިމްގެ ވާހަކައިގައި އިތުރަށް ވިދާޅުވީ، އެމަނިކުފާނު އަބަދުވެސް ރައްޔިތުންނަށް ޚިދުމަތް ކުރަވަންމުން ގެންދަވަނީ އެކަމަކުން ލިބިވަޑައިގެންފާނެ ނަމަކަށް ބައްލަވައިގެން ނޫން ކަމަށާއި އަބަދުވެސް ބައްލަވަނީ ރައްޔިތުންނަށް އިތުރު ފައިދާހުރި ގޮތްތައް ހޯއްދަވައި ދެއްވުމަށް ކަމަށެވެ.

ރައީސް ނަޝީދުގެ ވެރިކަމުގައި ހޯމް މިނިސްޓަރުކަމުން އެހައި އަވަހަށް އިސްތިޢްފާ ދެއްވި ސަބަބާއިމެދު ބައެއް ފަރާތްތަކުން ސުވާލު އުފައްދާތީ އެކަމަށް ރައްދު ދެއްވަމުން ޤާސިމް އިބްރާހީމް ވިދާޅުވީ އިސްތިއުފާ ދެއްވީ، ހޯމް މިނިސްޓަރު ކަމުގައި ހުންނަވައިގެން ޤާނޫނުން ލިބިދޭ ބާރާއި އިޚްތިޔާރުގެ ތެރެއިން އެއްވެސް ކަމެއް ކޮށްދެއްވޭނެ ގޮތް ނުވުމުން އިސްތިޢްފާ ދެއްވީ ކަމަށެވެ. އަދި އިސްތިޢްފާ ދެއްވީ 3، 4 ފަހަރު މަތިން މޫނުމަތީގައި ޖަހަންދެން މަޑުކުރައްވާފައި ކަމަށެވެ.

މީގެ އިތުރުން، ޤާސިމް އިބްރާހީމް ވިދާޅުވީ، ކޮންމެ އިންތިޚާބަކާއި ގުޅިގެންވެސް ވަރަށް ގިނަ ވާހަކަތައް ތަފާތު ގޮތް ގޮތްގޮތަށް ދައްކާނެ ކަމަށާއި ވަރަށް ގިނަ ވައުދުތައް ވެސް ވާނެ ކަމަށެވެ. ނަމަވެސް އިންތިޚާބު ނިމުމުން އެކަންކަން ފުރިހަމަކޮށްނުދެވި ހުންނަތަން ރައްޔިތުންނަށް އަބަދުވެސް ފެންނަމުން އަންނަ ކަމަށެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: